web analytics
ޙަބަރު

ހަށިގަނޑުގައި ގަސް ހެދިފައި ހުރި މީހާ އަދިވެސް ރަނގަޅެއް ނުވޭ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ބަންގްލަދޭޝްގެ ޓްރީމޭން އަދިވެސް ރަނގަޅުނުވެއެވެ. އެތައް އޮޕަރޭޝަނެއް މީގެ ކުރިންވެސް ކޮށްފައިވާ ޓްރީމޭންއަށް ޖެހިފައިވާ އެ ބަލީގެ ސަބަބުން އަދިވެސް އުޅެމުން ދަނީ އާއިލާއާ ވަކިންނެވެ.

ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަބްދުލް ބަޖަންދަރު މީގެ ކުރިން އެތައް ފަހަރަކު އޮޕަރޭޝަންކޮށް އެ ބަލިން އޭނާ ސަލާމަތް ކުރެވެތޯ ޑޮކްޓަރުން މަސައްކަތް ކުރިއެވެ. އޭނާއަށް ޖެހިފައިވާ ބަލީގެ ސަބަބުން ކޮންމެ ފަހަރަކު އޮޕަރޭޝަންކޮށް ގަހުގެ ގޮފިގަނޑު ގޮތަށް ހަންގަނޑުގައި އުފެދޭ އެ އެއްޗެހިތައް ނެގި ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް އަނެއްކާ އެ އެއްޗެހި ފަޅައެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިންވެސް ބަޖަންދަރުއަށް ޖެހިފައިވާ ބަލީގެ ވާހަކަ ވަރަށް ބޮޑަށް ނޫސްތަކުގައި ދެކެވުނެވެ. އަދި އޭނާއަށް ފަރުވާ ކުރުމަށް ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުން ކެނޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރު މެއި މަސް ތެރޭގައި އޭނާ ވަނީ އެ ހޮސްޕިޓަލުގެ އެއްވެސް މީހެއް ގާތުގައި ނުބުނެ ފިލާފައެވެ.

އެއިރު އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީތީ މިހާރު އޭނާ ހިތާމަ ކުރެއެވެ. އަދި އޭނާއަށް ފަރުވާދޭން އަލުން ޑޮކްޓަރުން ފަށާނެ ކަމަށް އުއްމީދު ކުރާކަމަށް ބަޖަންދަރު މި ވަނީ ބުނެފައެވެ.

އޭނާ އެ ބަލިން ސަލާމަތް ކުރުމަށް އަނެއްކާވެސް ޖެހޭނީ ގިނަ އޮޕަރޭޝަންތަކެއް ކުރާށެވެ. އެކަން ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ބަޖަންދަރުއަކީ ބަންގްލަދޭޝްގައި އެ ބަލި ޖެހުނު ހަމައެކަނި މީހާއެއް ނޫނެވެ. އެ ބަލި ޖެހިގެން އަންހެން ކުއްޖަކަށްވެސް ފަރުވާދިނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލިސް މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ތާއީދު: ޝައިނީ

ސުވާދީބު

މިނިވަންކަމާ އެކު މަސައްކަތްކުރެއްވުމަށް ފަނޑިޔާރުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންފި

ސުވާދީބު

ޓްވިޓާގައި ހުށަހެޅި ޝަކުވާއަށް ޔުމްނާ އިޖާބަ ދެއްވައިފި

ސުވާދީބު
Share