web analytics
ދުނިޔެ

ހަތަރު ލައްކައެއްހާ ޑޮލަރު، ޖޯޑުތަކަކަށް އަޅައިގެން އުޅެނިކޮށް ހިފަހައްޓައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

490،000 އެމެރިކާ ޑޮލަރު، މައިކްރޯވޭވަކާއި ގިނަ އަދަދެއްގެ ޖޯޑުތަކަކަށް އަޅައިގެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް އިން ހިންގި އޮޕަރޭޝަންތަކެއްގައި އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

“ހިންދުސްތާން ޓައިމްސް” އިން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަފްޣާނިސްތާނުގެ މީހެކެވެ. އަދި އެމީހާ މި މައިކްރޯވޭވް އާއި ޖޯޑުތަކަށް ގެންގުޅުނީ ދާގީނާ (ލަގޭޖް) ގެ ގޮތުގައިކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މީހާވަނީ މި ތަކެތީގެ އިތުރުން ގެންގުޅުނު ދަބަހުގައިވެސް ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައެވެ.

މި މީހާ މައިކްރޯވޭވްގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ އަޅާ، ސްކޭން މެޝިނުތަކުން ނޭނގޭނެ ގޮތް ވަނީ ހަދާފައެވެ. އެގޮތުން، މައިކްރޯވޭވްގެ ބައިތައް ރޫޅާލުމަށްފަހު ފައިސާތައް އެޅުމަށްފަހު، ފަހުން ރޭވިއިރުވަނީ ކަޅު ކުޅައިގެ ޓޭޕު އަޅާ ވަރަށް ރަނގަޅަށް ބަންދުކޮށްފައެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މިއީ ވަގަށް އެތެރެ ކޮށްފައިވާ ރަންތަކެއް ވިއްކައިގެން މި މީހާ ހޯދާފައިވާ ފައިސާތަކެކެވެ. އަދި، އޭރު އޭގެތެރެއިން ބައެއް ރަންތައް ކަމާ ބެހޭ ފަރާތްތަކުން ހިފަހައްޓާފައިވާކަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް، އެއީ އިންޑިޔާގެ ރައްޔިތެއްކަމެއް ނުވަތަ އެހެން ޤައުމެއްގެ ރައްޔިތެއްކަމެއް ހާމަކޮށްފައި ނުވެއެވެ.

އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި އަހަރުގެ މިހާތަނަށް މިފަދަ މައްސަލަތަކުގައި 219، އެހެން ޤައުމުތަކުގެ މީހުން ހައްޔަރުކޮށްފައިވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސުލައިމާނީގެ މަރުގެ ބަދަލު ހިފާނީ އެމެރިކާގެ “ފައި ބުރިކޮށްލައިގެން”: އީރާންގެ ލީޑަރު

ސުވާދީބު

އެއްބަސްވުން އާކޮށް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

ސުވާދީބު

އަދި ޔާމީނާއި މަޝްވަރާއެއް ނުކުރަން، ނަމަވެސް މަޝްވަރާއަށް ތައްޔާރު – ގާސިމް

ސުވާދީބު
Share