web analytics
ޙަބަރު

ހުއިފިލަނޑާ ނަގަން އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ހުއިފިލަނޑާ ނަގަން ރ. އަތޮޅު ރަސްމާދޫ މޫދަށް އެރިއުޅުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންނާ ހަވާލާދީ “ސަން” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒުވާނަކު ގެއްލިގެން މިއަދު ހެނދުނު 10:25 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަނީ ރ، ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، ކަމަށެވެ. އާދަމް، ހުއިފިލަނޑާގެ މަސްވެރިކަމަށް ނިކުތީ “އަންބަރާ” ކިޔާ ދޯންޏެއްގައި މިއަދު ހެނދުނު 8:45 އެހާކަށްހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި އޭނާ ގެއްލިގެން އުޅޭކަން އެމްއެންޑީއެފްގެ ކޯސްޓު ގާޑަށް 10:30 ގައި އަންގާފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ހުއިފިލަނޑާގެ މަސްވެރިކަން ކުރަން އޭނާ ނިކުތީ ދޯންޏެއްގައެވެ. ދޯނީގެ ވެރިފަރާތުން އޭނާ ގެއްލިގެން ރިޕޯޓުކުރީ ފިނީތާ ގިނައިރުވެ ޚަބަރެއް ނުވެގެންނެވެ.

އާދަމް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ކޯސްޓު ގާޑުން މިހާރު ވަނީ ފަށާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޑީއޯ ސައްޕެ ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ސުވާދީބު

ފަސާދަ އާއި ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއް ވެސް ނެތް: ރައީސް

ސުވާދީބު

ޑަބްލިއު ކޮންސްޓްރަކްޝަނުގެ ހުއްދަތައް ކައުންސިލުން ބާތިލުކޮށްފި

ސުވާދީބު
Share