web analytics
ޙަބަރު

ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު ސްކޫލްތަކުގެ ހެނދުނު ދަންފަޅީގައި ކިޔަވާ ކުދިންނަށް ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބައެއް ސްކޫލްތަކުން ބިޑަށް ހުޅުވާލައިފި އެވެ.

ނޫސްވެރިން ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން އެކަން ފަށާނީ 25 ސްކޫލެއްގައި ކަމަށެވެ. އެއީ މާލެއިން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލެވެ. ޔުނިސެފްގެ އެހީއާ އެކު
އޭގެތެރެއިން ގިނަ ސްކޫލްތަކުން މިހާރު ވަނީ ނާސްތާ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން މައުލޫމާތު ދިނުމަށާއި އާންމުންގެ ހިޔާލު ހޯދުމަށް ބެލެނިވެރިންނާއި އާންމުންނަށް ހުޅުވާލައިގެން މާދަމާ ރޭ ހާއްސަ ފޯރަމެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ދިނުމަކީ ދަރިވަރުންނާ ސީދާ ގުޅޭ ކަމަކަށް ވުމުން އެކަމަށް ބެލެނިވެރިންގެ ރުހުން އޮތްތޯ ބެލުމަށް ފޯމެއް ފުރާނެ ކަމަށެވެ. އެކަމަށް ބެލެނިވެރިއަކު ބޭނުން ނުވާ ނަމަ އެ ދަރިވަރަކު ނާސްތާގައި ބައިވެރިއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެލެނިވެރިންގެ ރުހުން އޮތް ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.
އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ނާސްތާ 10 މެނޫއެއް ހިމެނިފައި ވިއަސް ކޮންމެ ދުވަހަކު ވެސް ތިން މެނޫއެއް އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. ދަރިވަރުންނަށް ނާސްތާ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އެ ރަށެއްގައި ކޭޓަރިންގެ ހިދުމަތް ދޭ ފަރާތަކަށް ވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އަދި 25 ސްކޫލުން ފެށިކަމުގައި ވިއަސް ޕްރޮޖެކްޓް ނިމިގެންދާއިރު 212 ސްކޫލުގައި ނާސްތާ ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ. ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕީޕީއެމް ނުލިބުމުން މައުމޫންގެ އަރިސް ބޭފުޅުން ޕާޓީން ވަކިވަނީ

ސުވާދީބު

ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނީ ކާކު؟

ސުވާދީބު

މީދޫގައި މޫނު ބުރުގާ އަޅައިގެން ގޮސް މީހެއްގެ އަތުން ފޭރިގެންފި

ސުވާދީބު
Share