ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އަންނަ އަހަރު ވެސް ހޮލީވުޑްގެ ސިނަމާ އަށް ވަރަށް އުންމީދީ ފިލްމުތަކެއް އަންނަން އެބަ ހުއްޓެވެ.އަންނަ އަހަރަށް ތާވަލުކޮށްފައިވާ ހުރި ފިލްމުތަކަށް ބަލާއިރު ވަރަށް އުންމީދީ ފިލްމުތަކެއް އެބަ ހުއްޓެވެ. އެގޮތުން ބައެއް ފިލްމުތަކަށް މި ހިސާބުން ބަލައިލަމާ ހިނގާށެވެ.
ގްލާސް
“ގްލާސް” އަކީ “ދަ ސިކްސްތު ސެންސް” އާއި “ސައިންސް” ފަދަ ސުޕަނެޗްރަލް ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ނައިޓް ޝިއަމަލަން ޑައިރެކްޓްކޮށްފައިވާ ސުޕަހީރޯ ތުރިލާއެކެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ “ގްލާސް” ގެ ކާސްޓުންނަކީ ބްރޫސް ވިލިސް، ޖޭމްސް މެކްއެވޯއި، ސެމްއެލް އެލް ޖެކްސަން އަދި ސާރާ ޕަލްސަން އެވެ.
ލެގޯ މޫވީ 2: ދަ ސެކަންޑް ޕާޓް
ޔަގީނުން ވެސް އެނިމޭޓެޑް ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް “ލެގޯ މޫވީ 2: ދަ ސެކަންޑް ޕާޓް” ވެގެން ދާނީ ވަރަށް ވެސް ހާއްސަ ފިލްމަކަށެވެ.
އަންނަ ފެބްރުއަރީ މަހުގެ 8 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ކްރިސް ޕްރެޓް، އެލިޒަބަތު ބޭންކްސް، އެލިސަން ބްރީ، ޓިފެނީ ހެޑިޝް، ވިލް އާނެޓް އަދި ނިކް އޮފަމަން ހިމެނެ އެވެ. “ލެގޯ މޫވީ 2: ދަ ސެކަންޑް ޕާޓް” ޑައިރެކްޓަރަކީ މައިކް މިޝެލް އެވެ.
ހައު ޓު ޓްރެއިން ޔޯ ޑްރެގަން: ދި ހިޑެން ވޯލްޑް
މިއީ އަނެއްކާ ވެސް ހަމަ އެނިމޭޓެޑް ފިލްމެކެވެ. ފިލްމަށް އަޑު އަޅައި ދީފައި ވަނީ ކޭޓް ބްލެންޝެޓް، ޖެރާޑް ބަޓްލާ، ޖޯނަ ހިލް، ކްރިސްޓެން ވިގް، ކިޓް ހެރިންގްޓަން، ޖޭ ބެރޫޗެލް އަދި އެމެރިކާ ފެރާރާ ހިމެނެ އެވެ.
ފެބްރުއަރީ މަހުގެ 22 ގައި ރިލީޒް ކުރާ “ހައު ޓު ޓްރެއިން ޔޯ ޑްރެގަން: ދި ހިޑެން ވޯލްޑް” ގެ ޑައިރެކްޓަރަކީ ޑިއާން ޑެބްލޮއިޒް އެވެ.
ކެޕްޓަން މާވެލް
މިއީ ޑިޒްނީ އާއި މާވެލް ސްޓޫޑިއޯގެ ސްޕަހީރޯ ފިލްމެކެވެ. އަންނަ މާޗް މަހުގެ 8 އަށް ތާވަލުކޮށްފައިވާ ފިލްމުގެ ލީޑް ކާސްޓުންނަކީ ބްރީ ލާސަން، ސެމުއެލް އެލް ޖެކްސަން، ބެން މެންޑެލްސޯން އަދި ޖިމޯން ހޮންސޫ އެވެ.
“ކެޕްޓަން މާވެލް” ޑައިރެކްޓްކޮށްފައި ވަނީ އަނާ ބޯޑެން އާއި ރަޔަން ފްލެކް އެވެ.
އަސް
“އަސް” ވެގެންދާނީ ބިރުވެރި ފިލްމުތަކަށް ލޯބި ކުރާ މީހުން އަންނަ އަހަރު އެންމެ އިންތިޒާރު ކުރާނެ އެއް ފިލްމަށެވެ. މި ފިލްމުގެ ތަރިންނަކީ އެލިޒަބަތު މޮސް، ލުޕިޓާ ނިއޮންގޯ، ވިންސްޓަން ޑޫކް އަދި ޓިމް ހެއިޑެކާ އެވެ.
އަންނަ މާޗް މަހުގެ 15 ގައި ސިނަމާތަކަށް އަންނަ ފިލްމުގެ ޑައިރެކްޓަރަކީ މި އަހަރުގެ އޮސްކާގައި ބެސްޓް އޮރިޖަނަލް ސްކްރީންޕްލޭގެ އެވޯޑް ގެންދިޔަ ޖޯޑަން ޕީލް އެވެ.
ޑަމްބޯ
މިއީ ޑިޒްނީން ކުރިން ގެނެސް ދީފައިވާ އެނިމޭޓެޑް ފިލްމު “ޑަމްބޯ” ގެ ލައިވް-އެކްޝަން ފިލްމެވެ. މި ފަހަރު އަސްލު އެކްޓަރުންނާ އެކު ވަރުގަދަ ސީޖީއައި މަސައްކަތްތަކެއް ފެނިގެންދާ ފިލްމުގެ ލީޑް ކާސްޓުންނަކީ ކޮލިން ފެރެލް، މައިކަލް ކީޓަން، ޑެނީ ޑެވިޓ، އީވާ ގްރީން އަދި އެލަން އާކިން އެވެ.
ޓިމް ބާޓަން ޑައިރެކްޓްކޮށްފައިވާ “ޑަމްބޯ” ސިނަމާތަކަށް އަންނާނީ މާޗް 29 ގަ އެވެ.
ޕެޓް ސެމަޓަރީ
މިއީ ވެސް ބިރުވެރި ހާދިސާއެއްގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދޭނެ ފިލްމެކެވެ. “ޕެޓް ސެމެޓަރީ” ގެ ލީޑް ތަރިންނަކީ ޖޯން ލިތުގޯ، ޖޭސަން ކްލާކް އަދި އެމީ ސިމެޒް އެވެ.
ކެވިން ކޯޝް އާއި ޑެނިސް ވިޑްމިއާ ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒް ކުރާނީ އެޕްރީލް 5 ގަ އެވެ.
ޝަޒަމް
“ޝަޒަމް” އަކީ އަނެއްކާ ވެސް ޑީސީގެ ސުޕަހީރޯ ކެރެކްޓާއެއްގެ ވާހަކަ ކިޔައި ދޭނެ ފިލްމެކެވެ. މި ފިލްމު ވެސް އެޕްރީލް 5 ގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، ފިލްމުގެ ތަރިންނަކީ ޒެޗަރީ ލެވީ، މާކް ސްޓްރޯންގް އަދި ޖިމޯން ހޮންސޫ އެވެ. “ޝަޒަމް” ގެ ޑައިރެކްޓަރަކީ ޑޭވިޑް އެފް. ސެންޑްބާގެވެ.
ހެލްބޯއި
މި ފިލްމަކީ 2004 ވަނަ އަހަރު ގެނެސް ދިން “ހެލްބޯއި” ގެ ރިމެކެކެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ ޑޭވިޑް ހާބާ، މިލާ ޖޮވީވިޗް، އިއާން މެކްޝޭން، ޑެނިއެލް ޑައީ ކިމް، ސާޝާ ލޭން އަދި ތޯމަސް ހެޑެން ޗާޗް އެވެ.
ނީލް މާޝަލް ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް 12 ގަ އެވެ.
އެވެންޖާޒް: އެންޑްގޭމް
“އެވެންޖާޒް” ގެ ފިލްމުތަކަށް ދެވިހިފާފައި ތިބި ފޭނުންނަށް މި ފިލްމު ވަކިން ބޮޑަށް ހާއްސަ ވާނެ އެވެ. ސުޕަހީރޯ ބައިގަނޑެއްގެ ކުރިމަތި؛ުންތަކެއް ފެނިގެންދާ “އެވެންޖާޒް: އެންޑްގޭމް” ސިނަމާތަކަށް އަންނާނީ އެޕްރީލް މަހުގެ 26 ގަ އެވެ.
ފާހަގަކޮށްލެވޭ އެއް ކަމަކީ މި އަހަރު ރިލީޒް ކުރި “އެވެންޖާޒް: އިންފިނިޓީ ވޯ” އަކީ މި އަހަރު ދެ ބިލިއަން ޑޮލަރަށް ވުރެ އާމްދަނީއެއް ވެސް ހޯދި ފިލްމެއް ކަމެވެ. އެހެންވެ މީގެ އިތިރު ބައެއް ސިނަމާތަކަށް އަންނަ އިރު ކުރެވޭ އުންމީދުތައް ބޮޑެވެ. ފިލްމުގެ ޑައިރެކްޓަރުންނަކީ ރުޒޯ ދެބޭން ކަމަށްވާ އެންތަނީ އާއި ޖޯއީ ރުޒޯ އެވެ.
ޕޯކެމަން ޑިޓެކްޓިވް ޕިކާޗޫ
މިއީ ވެސް އެނިމޭޓެޑް ފިލްމެކެވެ. މެއި މަހުގެ 10 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ “ޕޯކެމަން ޑިޓެކްޓިވް ޕިކާޗޫ” އަށް އަޑު އަޅައި ދީފައިވާ ފަންނާނުންނަކީ ރަޔަން ރެނޮލްޑްސް، ޖަސްޓިސް ސުމިތު، ކެން ވަޓަނަބޭ އަދި ކެތުރީން ނިއުޓަން އެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ރޮބް ލެޓަމަން އެވެ.
އަލާއްދީން
މި ވެސް ޑިޒްނީން ގެނެސް ދީފައިވާ އެނިމޭޓެޑް ފިލްމެއްގެ ލައިވް-އެކްޝަން ފިލްމެކެވެ. ގައި ރިޗީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ވިލް ސުމިތު، މޭނާ މައްސޫދު އަދި ނައޯމީ ސްކޮޓް އެވެ.
“އަލާއްދީން” ސިނަމާތަކަށް އަންނާނީ މެއި 24 ގަ އެވެ.
ގޮޑްޒިއްލާ: ކިންގް އޮފް ދަ މޯންސްޓާސް
މި ސައިންސް ފިކްޝަން/އެޑްވެންޗަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މެއި 31 ގަ އެވެ. ކާސްޓުންނަކީ ކައިލް ޗެންޑްލާ، މިލީ ބޮބީ ބްރައުން، ވެރާ ފާމިގާ، ސެލީ ހޯކިންސް، ޗާލްސް ޑާންސް އަދި ކެން ވަޓަނަބޭ އެވެ.
“ގޮޑްޒިއްލާ: ކިންގް އޮފް ދަ މޯންސްޓާ” ޑައިރެކްޓްކޮށްފައި ވަނީ މައިކަލް ޑަހަޓީ އެވެ.
ރޮކެޓްމޭން
“ރޮކެޓްމޭން” އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމު ވެސް މެއި މަހުގެ 31 ގައި ރިލީޒް ކުރާ އިރު، ފިލްމުގެ ތަރިންނަކީ ޓެރޯން އެގާޓަން، ރިޗަޑް މެޑެން އަދި ބްރީސް ޑަލަސް ހޮވާޑް އެވެ.
“ރޮކެޓްމޭން” ޑައިރެކްޓްކޮށްފައި ވަނީ ޑެކްސްޓާ ފްލެޗާ އެވެ.
ޑާކް ފީނިކްސް
އަންނަ ޖޫން މަހުގެ 7 އަށް ތާވަލުކޮށްފައިވާ “ޑާކް ފީނިކްސް” އަކީ ސައިމަން ކިގްބާގް ޑައިރެކްޓްކޮށްފައިވާ ސައިފައި އެކްޝަން ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި “ގޭމް އޮފް ތުރޯންސް” އިން ވިދައިލި ބަތަލާ ސޯފީ ޓާނާ، މައިކަލް ފާސްބެންޑާ، ޖެނިފާ ލޮރެންސް، ޖެސިކާ ޗެސްޓެއިން، ނިކޮލަސް ހޯލްޓް، ޖޭމްސް މެކްއެވޯއި އަދި އިވަން ޕީޓާޒް ހިމެނެ އެވެ.
މެން އިން ބްލެކް އިންޓަނެޝަނަލް
މިއީ ކުރިން ގެނެސް ދީފައިވާ “މެން އިން ބްލެކް” ސީރީޒްގެ ތެރެއިން ފައްކާކޮށްފައިވާ ފިލްމެކެވެ. ފިލްމު މި ފަހަރު ގެނެސް ދެނީ ވެސް ތަފާތު ކާސްޓަކާ އެކުގަ އެވެ. އެގޮތުން “މެން އިން ބްލެކް އިންޓަނެޝަނަލް” ގެ ލީޑް ތަރިންނަކީ ކްރިސް ހެމްސްވޯތު، ޓެސާ ތޮމްޕްސަން އަދި ރެބެކާ ފާގަސަން އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ ޖޫން 14 ގަ އެވެ.
ޓޯއި ސްޓޯރީ 4
މިއީ ބޮކްސް އޮފީހުގައި ވަރުގަދަ ވިޔަފާރިއެއް ކުރި “ޓޯއި ސްޓްރީ” ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ. މި އެނިމޭޓެޑް ފިލްމު ޖޫން 21 އަށް ތާވަލުކޮށްފައިވާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ ޖޯޝް ކޫލީ އެވެ.
“ޓޯއި ސްޓޯރީ 4” އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ކިއާނޫ ރީވްސް، މައިކަލް ކީޓަން، ޖޮއާން ކުސަކް، ޓިމް އެލެން، ޓޮމް ހޭންކްސް އަދި ޕެޓްރީޝިއާ އާކްއެޓް ހިމެނެ އެވެ.
ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް
ޕީޓާ ޕާކާ ދެކެ ލޯބިވާ މީހުން ކޮންމެހެން ވެސް މި ފިލްމު ބަލައިލަމް ވާނެ އެވެ. “ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް” ސިނަމާތަކަށް އަންނާނީ ޖުލައި 5 ގަ އެވެ.
މި ފިލްމުގެ ކާސްޓުންނަކީ ޓޮމް ހޮލަންޑް، ޖޭކް ޖިލެންހާލް، ސެމުއެލް އެލް ޖެކްސަން، މައިކަލް ކީޓަން، މަރީސާ ޓޮމީ އަދި ޒެންޑާޔާ އެވެ. “ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް” ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒް ކުރި “ސްޕައިޑަ-މޭން: ހޯމްކަމިންގް” ގެ ވެސް ޑައިރެކްޓަރު ޖޮން ވޮޓްސް އެވެ.
ލަޔަން ކިންގް
“ލަޔަން ކިންގް” އަކީ އެނިމޭޓެޑް ފިލްމުތަކުގެ ލައިވް-އެކްޝަން ފިލްމުތައް ގެނެސް ދިން ޑިޒްނީން ފަށާފައިވާ މަސައްކަތުގެ ތެރެއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 19 ގަ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު “ދަ ޖަންގަލް ބުކް” ވެސް ގެނެސް ދިން ޖޮން ފެވަރޫ ޑައިރެކްޓްކޮށްފައިވާ “ލަޔަން ކިންގް” އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ބިޔޯންސޭ، ސެތު ރޯޖެން، ޖޭމްސް އާލް ޖޯންސް، ބިލީ އެއިޝްނާ، ޑޮނަލްޑް ގްލޯވާ އަދި ޖޯން އޮލިވާ ހިމެނެ އެވެ.
ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް
މި ފިލްމަކީ ކްއެންޓަން ޓެރެންޓީނޯގެ ސިނަމާ އަށް ލޯބި ކުރާ މީހުން ވަރަށް ވެސް ގަޔާވާނެ ފިލްމެއްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
“ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް” ހާއްސަ އަނެއް ސަބަބަކީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓް އެކީގައި ފެނިގެން ދިއުމެވެ. މި މިސްޓްރީ ކްރައިމް ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލް ޕަޗީނޯ، މާގޯ ރޮބީ، ޑެމިއަން ލުވިސް އަދި ކާޓް ރަސަލް ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
“ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް” ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި 26 ގަ އެވެ.
އިޓް: ޗެޕްޓާ 2
“އިޓް: ޗެޕްޓާ 2” އަކީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު “އިޓް” ގެ ދެވަނަ ބައެވެ. މި ފިލްމު ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ފުރަތަމަ ބައި ވެސް ޑައިރެކްޓް ކުރި އެންޑްރެސް މުޝެއިޓީ އެވެ.
“އިޓް: ޗެޕްޓާ 2” ގެ ތަރިންނަކީ ޖޭމްސް މެކްއެވޯއި، ބިލް ސްކާސްގާޑް، ޖެސިކާ ޗެސްޓެއިން، ސޯފިއާ ލިލިސް އަދި ބިލް ހޭޑާ އެވެ.
ޖޯކާ
އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ގައި ރިލީޒް ކުރާ “ޖޯކާ” އަކީ ކްރައިމް ތުރިލާއެކެވެ. ޖޯކާ ބިނާކޮށްފައި ވަނީ ޑީސީގެ ކޮމިކްޓް ކެރެކްޓާއަކަށެވެ. މީގެ ލީޑް ކާސްޓުންނަކީ ރޮބަޓް ޑި ނީރޯ، ޖޯގިން ފީނިކްސް އަދި ޒެޒީ ބީޓްޒް އެވެ.
“ޖޯކާ” ގެ ޑައިރެކްޓްކޮށްފައި ވަނީ “ހޭންގްއޯވަ” ފަދަ ފިލްމުތައް ގެނެސް ދިން ޓޮޑް ފިލިޕްސް އެވެ.
ޔޫ އާ މައި ފްރެންޑް
ޓޮމް ހޭންކްސް އާއި މެތިއު ރީސްގެ އިތިރުން ކްރިސް ކޫޕާ އާއި ސޫޒަން ކެލެޗީ ވޮޓްސަން ލީޑް ރޯލުޔން ފެނިގެންދާ “ޔޫ އާ މައި ފްރެންޑް” އަކީ މެރިއެލް ހެލާ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ.
ޔަގީނުން ވެސް ހޭންކްސް ފޭނުން މި ފިލްމަށް ލައްކަ އިންތިޒާރު ކުރާނެ އެވެ.
ފްރޯޒެން 2
މި ފިލްމަކީ 2013 ވަނަ އަހަރު ޑިޒްނީން ގެނެސް ދިން އެނިމޭޓެޑް “ފްރޯޒެން” ގެ ދެވަނަ ބައެވެ. އެ ފިލްމަކީ ދެ އޮސްކާ ވެސް ހާސިލު ކުރި ފިލްމެކެވެ. އެއީ ބެސްޓް އެނިމޭޓެޑް ފިލްމާއި ބެސްޓް އޮރިޖިނަލް ސޯންގްގެ އޮސްކާ އެވެ.
ނޮވެމްބަރު މަހުގެ 22 އަށް ތާވަލުކޮށްފައިވާ “ފްރޯޒެން 2” ޑައިރެކްޓްކޮށްފައި ވަނީ ފުރަތަމަ ބައި ވެސް ޑައިރެކްޓް ކުރި ކްރިސް ބަކް އާއި ޖެނިފާ ލީ އެވެ. މިއަށް އަޑު އަޅާފައި ވަނީ ކްރިސްޓެން ބެލް، ޖޯޝް ގެޑް، ޖޮނަތަން ގްރަފް އަދި އިޑީނާ މެންޒެލް އެވެ.
ސްޓާ ވޯސް: އެޕިސޯޑް 9
ސްޓާ ވޯސްގެ ފޭނުންށަށް މި ފިލްމު ވަކިން ހާއްސަވެގެންދާ އިރު، ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގަ އެވެ. މި ފިލްމު ޑައިރެކްޓަރަކީ މީގެ ކުރިން ވެސް “ސްޓާ ވޯސް” ގެ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ މަގުބޫލު ޑައިރެކްޓަރު ޖޭޖޭ އަބްރަމްސް އެވެ.
“ސްޓާ ވޯސް: އެޕިސޯޑް 9” ގެ ތަރިންނަކީ ޑެއިޒީ ރިޑްލީ، އެޑަމް ޑްރައިވާ، ޖޯން ބޮޔޭގާ، ލުޕިޓާ ނިއޮންގޯ، ކެރީ ރަސަލް، އޮސްކާ އިސާކް އަދި ރިޗަޑް އީ ގްރާންޓެވެ.
Facebook Comments