web analytics
ޙަބަރު

ނަތީޖާތައް އިއުލާންކުރާއިރު ސްކްރީން ރީނދޫކޮށްލާނަން: ނަޝީދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގިނަ ގޮނޑިތައް މިފަހަރު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި، އިންތިޚާބުގެ ނަތީޖާ އަރުވާ ނިމޭއިރު ޓީވީ ސްކްރީން ފެންނާނީ ރީނދޫ ކުލައިން ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މައްޗަނގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު، އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރައްވަމުން މިދަނޑިވަޅުގައި އެކެންޑިޑޭޓުންގެ ކެމްޕޭން ޖަގަހަތައް ހުޅުއްވައިދިނުމަށް ވަޑައިގެން މަޖިލިސް 19 އާ ގުޅޭގޮތުން ވާހަކަ ދައްކަވައެވެ.

އެމަނިކުފާނު ވަނީ އެމްޑީޕީ ސަޕޯޓަރުންނަށް މަޖިލިސް 19 އަކީ އެމްޑީޕީގެ މަޖިލީހަކަށް ވާނެ ކަމަށާއި، ހަމައެހެންމެ އެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މަޖިލިސް 19 އަކީ އެމަނިކުފާނު ހުންނަވާނެ މަޖިލީހެއް ކަން، ޕްރައިމަރީ އަދި އިންތިޚާބުގެ ކުރިންވެސް ކަށަވަރުކޮށް ވާހަކަ ދައްކަވާފައެވެ.

ރޭ ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާ ދިޔާނާ ސައީދުގެ ކެމްޕޭނު ލޯންޗު ކުރެއްވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޖުމުލަ 87 ގޮނޑީގެ %60 މިފަހަރު ކާމިޔާބު ކުރައްވާނީ އެމްޑީޕީ އިން ކަމަށެވެ.

ރައީސް ކަމުގައި ނަޝީދު ހުންނަވައި 17 ވަނަ މަޖިލީހަށް މެމްބަރުން އިންތިޚާބުވިއިރު އެމަނިކުފާނުގެ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އެއް ނުލިބެއެވެ. ނަމަވެސް ފަހުން ޑީއާރްޕީ އާއި އެހެނިހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގެން މެޖޯރިޓީ ލިބުނެވެ.

ޔާމީން ރައީސް ކަމަށް ވަޑައިގެން 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް އެމްޑީޕީއަށް މެޖޯރިޓީއެއް ލިބިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ

ސުވާދީބު

ރޭގަނޑު ޑިއުޓީތަކާއި، ނުރައްކާތެރި ބަލިތައް

ސުވާދީބު

ޔާމީންގެ ދެ ނައިބުންނާ ހަތް ވަޒީރަކު ވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނެތް

ސުވާދީބު
Share