web analytics
ސިޔާސީ

ނަޝީދަށް ކުރިމަތި ނުލެއްވޭ ގޮތެއް ހެދިޔަކަ ނުދޭނަން: އެމްޑީޕީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

“އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިވެސް ގަންނާނެ އިސްލާހެއް ކަމަކަށް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން. ބަލައިގަނެގެން ވާނެ ކަމަކަށް ވެސް އަދި ބަލައި ގަންނާނެކަމަކަށް ވެސް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން،” ހަސަން ވިދާޅުވި އެވެ.

ލަތީފްގެ އިސްލާހާ މެދު އެމްޑީޕީން ކަންބޮޑުވާ އަނެއް ކަމެއްގެ ގޮތުގައި ހަަސަން ފާހަަގަކުރެއްވީ ލަތީފަކީ ވެރިކަންކުރާ ކޯލިޝަނަށް ނިސްބަތްވާ މެމްބަރަކަށް ވުމެވެ. އޭނާ ވިދާޅުވީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅަކު އެ އިސްލާހު ހުށަހެޅުއްވީތީ އެމްޑީޕީން ހިތާމަކުރާ ކަމަށެވެ.

“އެމްޑީޕީން، އަޅުގަނޑު މި ދެންނެވިހެން ވަރަށް ކަންބޮޑުވާ ކަމެއް އެއީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން މިފަދަ އިސްލާހުތައް ހުށަހަޅުއްވާ އިރު އެބޭފުޅުން ވަކިވަކިން އެ އަމަލުކުރައްވަމުން ގެންދަވާ ގޮތް އެއީ އެމްޑީޕީން ދެކޭ ގޮތުގައި އަދި ރަނގަޅު ގޮތެއް ނޫން،” އޭނާ ވިދާޅުވި އެވެ.

ކޯލިޝަނެއްގައި މަސައްކަތް ކުރާ އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް ޕާޓީތަކުން މަސައްކަތްކުރަން ވާނީ އެކީގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ލަތީފް ހުށަހެޅުއްވި އިސްލާހަކީ މަޖިލީހަށް ބަލައިގަނެގެންވާނެ އިސްލާހެއް ނޫން ކަމަށާއި އެ އިސްލާހު މަޖިލީހުން ފާސްވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސުން މަޖިލީހުގައި ތިއްބެވުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް ހުށަހެޅުއްވީ މާއްދާއެއް އިތުރުކުރާށެވެ. އެއީ، ކުރީގެ ރައީސުން މަޖިލީހުގެ މެމްބަރުންނަށް ވާން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަށެވެ.

އެ އިސްލާހު ނަގަން އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން މިހާރު ވަނީ އަންގާފަ އެވެ. ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒު “މިހާރު” އަށް ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ އެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން، ކޯލިޝަން ލީޑަރެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ އެ ބިލް އަނބުރާ ނެގުމަށް ލަތީފަށް އަންގަވާފައިވާނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދެން އުފެދޭނީ ނަޒާހާތްތެރި، ނަމޫނާ މަޖިލީހެއް: ނަޝީދު

ސުވާދީބު

އުމަރު ނަސީރު ހުރީ މިނިވަން 50ގެ ކޮރަޕްޝަން، އަދި ވެރިކަމުގެ ތެރެއިންވެސް ޔާމީންގެ ދަށުވެފައި – މުއާޒް

ސުވާދީބު

ރައީސް ޔާމީން މިނިވަން ކުރަން 10000 މީހުން ސޮއިކޮށްފި – މުންދު

ސުވާދީބު
Share