web analytics
ްކޮލަމ

ނާސްތާ ދިނުމާ މެދު ތަފާތު ހިޔާލުތަކެއް!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދަރިވަރުންނަށް ނާސްތާއެއް ދޭން ފަށަން ހިންގާ އަޖުމަ ބެލުމުގެ މަޝްރޫއު ފެށުމާ އެކު ގިނަ ބައެއްގެ ހިޔާލު ތަފާތުވެއްޖެ އެވެ!

 

ނާސްތާ މަޝްރޫއުގެ ހަބަރުތައް ނޫސްތަކުގައި ޖަހަން ފެށީއްސުރެ ހަބަރު ކިޔާ މީހުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު ގިނައިން ހުރީ އެކަމާ ހިތްހަމަ ނުޖެހިގެން ފާޅުކޮށްފައި ހުރި ހިޔާލެވެ.

“ނާސްތާ ޕްރޮގްރާމާ އެކު ސިއްހަތު ރަނގަޅު ދަރިވަރުން އުފެދޭނެ” ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވި ޚަބަރަށް ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ އެކަމަށް ކަނޑައަޅާފައިވާ 50 މިލިޔަން ރުފިޔާއިން ދަރިވަރުންނަށް މާ ފައިދާ ހުރި އެހެން ކަންތައްތައް ކުރެވިދާނެ ކަމަށެވެ. ހިޔާލު ފާޅު ކުރި ގިނަ މީހުން ދެކޭ ގޮތުގައި ސަރުކާރުން ހަމަ ޖެއްސިޔަސް ސްކޫލްތަކުން ނާސްތާ ކުރާނީ މަދު ދަރިވަރުންނެވެ. އެހެންވެ، އެކަމަށް ހަރަދުކުރާ ފައިސާ ވެގެން ދާނީ ބޭކާރު އެއްޗަކަށް ކަމަށް އެ މީހުން ދެކެ އެވެ.

“ހަމައެކަނި ބަނޑަށް އަޅާ ކާނާއަކީ ފުރިހަމަ ސާދާ އިންސާނެއް ތައްޔާރުކޮށް ބޮޑުކުރުމަށް ފުދޭ މިންވަރެއް ނޫން އިނގޭތޯ. ރާއްޖޭގެ މި ޖީލުގެ ގިނަ ކުދިންނަކީ ހަގީގަތުގައި ރެފިއުޖީ ހާލުގައި ވަޒަނުން ބޭރުކުރެވި ލޯބިވާ އާއިލާއާ ވަކިން މައިވަންތަކަމުގެ ފުރިހަމަ ލޯބި ނުލިބި ބޮޑެތިވާ ކުދިންތަކެއް. ދައުލަތުގެ މުއްސަނދިކަން ހޭދަ ތިކުރަނީ އެންމެ ރަށެއްގެ ރައްޔިތުންގެ މަސްލަހަތަށް މަންފާ އަށް. ކުދިންނަށް ކެއުންދޭނީ އެ މީހުންގެ މައިންބަފައިން. ދައުލަތުގެ ޒިންމާ ސަރުކާރުން އުފުލާދީ،” މިހާރުގައި ޖެހި ހަބަރަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެއެވެ.

ކޮމެންޓް ކުރި އެހެން މީހަކު ފާހަގަކޮށްފައި ހުރީ ބެލެނިވެރިން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ އެހެން ކަންތައްތަކެކެވެ. އެގޮތުން ޔުނިފޯމާއި ބޫޓާއި އިސްޓާނީކު ގަތުން ފަދަ ހަރަދުތަކަށް ފައިސާ ހަރަދު ކުރުން، ނާސްތާ އަށް ހަރަދު ކުރުމަށް ވުރެ ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައި ވެ އެވެ. އޭނާ ފާހަގަކޮށްފައިވާ ކަންތައްތަކަކީ ގިނަ ދަރިވަރުންތަކެއް ސްކޫލްތަކަށް ވައްދައިގެން އުޅޭ ބެލެނިވެރިންނަށް ބައެއް ފަހަރު ބުރަޔަކަށް ވެގެން އުޅޭ ކަންކަމެވެ.

“ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިކަހަލަ ބޭކާރު ކަންކަން ކުރުމަށްވުރެ ސްކޫލަށް ކުދިން ގެންދާ ދަބަހާއި، ލާނެ ޔުނީފޯމާ، އަރާނެ ބޫޓާ ސްޓާކިން، ފަދަ ތަކެތި މި ފައިސާ އިން ހަމަޖެއްސި ނަމަ މާރަނގަޅުވާނެ،” ހިޔާލު ފާޅުކުރި މީހަކު ބުނެފައި ވެ އެވެ.

ނާސްތާ ބޭކާރުވާނެ ކަމަށް ދެކޭ މީހުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު އެ މީހުން ދެކޭ ގޮތުގައި ގިނަ ދަރިވަރުންނަށް ގޭގައި ކާންދެވެނީ ވެސް ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ ވަގުތު ހޭދަކޮށްގެންނެވެ. އެހެން އެކަން އޮއްވައި ސްކޫލުގައި އަމިއްލަ އަށް ނާސްތާ ކުރަން ދޫކޮށްލުމުން ކުދިން ރަނގަޅަށް ނާސްތާ ނުކުރާނެ ކަމަށް އެ މީހުން ދެކެ އެވެ.

“މުޅިން ބޭކާރު ކަމެއް. އަހަރަކު 80 އާއި 100 މިލިއަނާ ދެމެދު ފައިސާ ހަރަދުކޮށްގެން ތިޔަށްވުރެ ކުރަންޖެހޭ މުހިންމު ކަންތައްތައް އެބަހުރި. ދަރިފުޅަށް މި އުޅެނީ އެއް ގަޑިއިރުން ގަދަކަމުން ވެސް ކިރުތައްޓެއް ނުދެވިގެން. ދެން ތިތާގައި 15 މިނެޓުން މަސްހުންޏާއި ރޮށިކާކަށް ނުދެވޭނެ،” އެކަކު ފާޅުކޮށްފައިވާ ހިޔާލެއްގައި ބުނެފައި ވެ އެވެ.

ތައާރަފް ކުރި ސްކޫލްތަކުގައި ތަރުހީބު ބޮޑު

ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށި އަމީނިއްޔާ ސްކޫލުން ބުނީ އެ ޕްރޮގްރާމަށް ބެލެނިވެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ޝަކުވާތަކެއް ނެތް ކަަމަށެވެ. އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ވާފިރު “މިހާރު” އަށް ވިދާޅުވީ އެ ސްކޫލްގެ ގިނަ ދަރިވަރުން މިހާރު ސްކޫލުން ނާސްތާ ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން ނާސްތާ މި ދެނީ ބެލެނިވެރިންގެ ކޮންސެންޓް ހޯދައިގެން ބެލެނިވެރިންގެ ކޮންސެންޓް ދީފައި ތިބި ދަރިވަރުންނަށް. މަޖުބޫރުން ހުރިހާ ކުދިން ބައިވެރި ކުރާ ގޮތަކަށް ނޫން. ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ. މިހާރު 70 ޕަސެންޓަށް ވުރެ ގިނަ ދަރިވަރުންގެ ބެލެނިވެރިން ކޮންސެންޓް ދީފި،” އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުން ވެސް ބުނީ ނާސްތާ އަށް ދަރިވަރުންގެ ތަރުހީބު ބޮޑު ކަމަށެވެ. އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެން ސައީދު ވިދާޅުވީ އެ ސްކޫލުގައި އިއްޔެ ނާސްތާކުރި ކުދިންނަށް ވުރެ މިއަދު ނާސްތާ ކުރި ކުދިންގެ އަދަދު އިތުރު ކަމަށެވެ.

“އިއްޔެ ދެން ގިނަ ކުދިން އަންނާނީ ވެސް ގެއިން ނާސްތާކޮށްގެންތާ. މިއަދު ހަމަ ވަރަށް ގިނަ ކުދިން ސްކޫލުން ނާސްތާކުރި. ތަރުހީބު ރަނގަޅު ކަމަށް އަދި މި ފެންނަނީ،” ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްކަންދަރު ސްކޫލްގައި ކުދިން ނާސްތާ ކުރުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައި އޮތީ ވަރަށް ރަނގަޅަށް ކަމަށާއި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ހަބަރުތަކަށް ހިޔާލު ފާޅުކުރި މީހުންގެ ތެރޭގައި ވެސް ނާސްތާ ޕްރޮގްރާމު ކަމުދާ ފަރާތްތައް ހިމެނެ އެވެ. އެފަދަ ބައެއް މީހުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލައިލުމުން އެނގެނީ އެ ޕްރޮގްރާމަކީ ސަރުކާރުން ކުރާ ހެޔޮ ކަމެއް ކަމަށް އެ މީހުން ދެކޭ ކަމެވެ. އެ މީހުން ދެކޭ ގޮތުގައި ފުދިގެން އުޅޭ މީހުންނަށް އެއީ އެއްޗަކަށް ނުވިޔަސް ހިލޭ ނާސްތާ ލިބުމަކީ ދަތިހާލުގައި އުޅޭ މީހުންނަށް ލިބުނު ލުޔެކެވެ.

“ފުދިގެން އުޅޭ މީހުންނަށް ތިއީ މުހިންމު ކަމަކައް ނުވެ ހިނގައިދާނެ. ފުރަތަމަ ސްކޫލްތައް ކަނޑައެޅިއިރު މާލޭގެ ދަތިހާލުގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ދަރިން އުޅޭ ސްކޫލްތައް ކަނޑައެޅިނަމަ، ތިކަމުގެ މުހިންމު ކަމާއި މަގުސަދު ހާސިލް ވީސް،” ހިޔާލު ފާޅުކުރި މީހަކު ބުނެފައި ވެ އެވެ.

މިފަދަ މަދު ހިޔާލުތައް ފެނުނު ނަމަވެސް ފާހަގަ ކުރެވުނު ކަމަކީ ނާސްތާ ޕްރޮގްރާމާ އެއްކޮޅަށް ހިޔާލުފާޅުކޮށްފައި ވަނީ މަދު ބައެއް ކަމެވެ. އަދި އެކަމާ އެއްކޮޅު މީހުން ވެސް ފާހަގަކޮށްފައި ވަނީ އެ ޕްރޮގްރާމް ކާމިޔާބު ކުރަންޏާ ގިނަ ކަންތައްތަކެއް އަދި ކުރަން ޖެހޭ ކަމެެވެ. އެގޮތުން ރާއްޖޭގައި ސްކޫލްތައް ބިނާކުރި އިރު ކެއިން ބުއިމުގެ ކަންތައްތަކަށް ހާއްސަ އެއްވެސް ބައެއް ހިމަނާފައި ނެތްކަން އެ މީހުން ފާހަގަ ކުރެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްޑީޕީގެ ތާރީޚީ މޮޅު، ރައީސް ސޯލިހަށް ރައްޔިތުން ކުރާ އިތުބާރާ ގުޅިފައި

ސުވާދީބު

ވަތެލިކެހުން ވެސް ދެން ލަހެއް ނުވެ ނިމިދާނެ އެވެ.

ސުވާދީބު

މަސްވެރީންގެ ޝަކުވާ، އޮޑިވެރީން ބަނގުރޫޓުވަނީ، މަހުގެ ހަމައަގު ހައްތަހާ ދަށަށް!

ސުވާދީބު
Share