ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނުގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވީ މިމަހުގެ ކުރީކޮޅު ނެރުނު ފިލްމު “ކެދާނަތު” އިންނެވެ. އެ ފިލްމު ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ސާރާ ލީޑުން ފެނިގެންދާ ދެ ވަނަ ފިލްމު “ސިމްބާ” ވެސް އިއްޔެ މިވަނީ ނެރެފައެވެ. dhi2
ތިން ވަނަ ފިލްމަކަށް ސާރާ ސޮއި ކޮށްފައިވާ ކަމަށް އަޑުތައް ގަދަވެފައި މިވާ ދަނޑިވަޅުގައި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 25 އަހަރުގެ ސާރާ ބުނީ، އޭނާއަށް ނުކުޅެވޭނެ ބާވަތެއްގެ ފިލްމެއް ނޯންނާނެ ކަމަށެވެ. އެކަމަކު ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކޮށް ސާރާ ބުނީ، ކޮންމެ ފަހަރަކު ވެސް ކުރިމަތިވަނީ އާ ޗެލެންޖު ތަކެއް ކަމަށެވެ.
ސާރާގެ ފުރަތަމަ މަސައްކަތް ވެސް ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. އެގޮތުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވި ފަރާތަކާއި އަޅާބަލާއިރު އޭނާގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ޕޮލިޓިކަލް ސައިންސުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ސާރާއަކީ ތާރީހީ ކަންކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. އޭނާ ވަނީ އިންޑިއާގެ ތާރީހީ އެކި އެކި ވާހަކަތަކަށް ފިލްމު އުފައްދާފައިވާ ބޮލީވުޑުގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތު ގަބޫލު ކުރާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. ބަންސާލީ އަކީ ބޮލީވުޑުގެ ގިނަ ތަރިންތަކެއް އެކުގައި މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރެކެވެ.
ތިން ވަނަ ފިލްމަކަށް ސޮއި ކޮސްފައިވާ ކަން ނުވަތަ ނޫން ކަން ސާރާ އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
Facebook Comments