web analytics
ޙަބަރު

ރައީސް ނަޝީދު މަޖިލިސް ކެމްޕޭން މިރޭ ފަށާނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި މިރޭ ކެމްޕޭން ފައްޓަވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މާލޭގެ މައްޗަންގޮޅި ސަރަހައްދުގައި ބާއްވާ ކެމްޕެއިން ހަރަކާތަކަށް ނަޝީދު ވަނީ އިއްޔެ ދައުވަތު ދެއްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްޗަންގޮޅި ކާމިނީމަގުގައި އޮންނަ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ހަރަކާތަކަށް އެންމެންނަށް ދައުވަތު ދެއްވާ ކަމަށެވެ. ނަމަވެސް ކެމްޕޭން ހަރަކާތުގެ ތަފްސީލެއް ނަޝީދު ދެއްވާފައެއް ނުވެއެވެ.

ނަޝީދުގެ ކެމްޕޭން ހަރަކާތާއި ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރެއްވި ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުގައި މިރޭ ބާއްވާ ހަރަކާތަކީ ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން ފެއްޓެވުމަށް ބާއްވާ ހަރަކާތެކެވެ.

ނަޝީދު ވަނީ 1999 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ދައުލަތުގެ މުދަލުން ވައްކަން ކުރިކަމަށްބުނެ  2001 ވަނަ އަހަރު އެމަނިކުފާނުގެ ގޮނޑި ގެއްލުވާލީ ރައީސް މަުމޫނުގެ ޙުދުމުޙުތާ ވެރިކަމުގައެވެ. މިހާތަނަށް އިންތިޚާބީ ދެމަގާމު ކަމަށްވާ މަޖިލިސް މެންބަރުކަމާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ނަމަވެސް އެއްވެސް ފަހަރަކު ނަޝީދުއަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ނުލިބއެވެ.ނަޝީދުއަކީ ހިތްތިރި ދިވެހި ތާރީޙު ދެކެފައިނުވާފަދަ ސިޔާސީ ލީޑަރެކެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރަސްކަން ކުރަމުން އަންނަ ސިޔާސީ ދުރު ވިސނުން ގެންގުޅުއްވާ ލީޑަރެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މިނިވަން ކޮމިޝަންތަކަށް ފުލުހުންގެ ބާރުތައް ދެނީ

ސުވާދީބު

އިކޮނޮމިކް ކައުންސިލާއި، ސޯޝަލް ކައުންސިލަށް އަލުން މެމްބަރުން ޢައްޔަން ކުރައްވައިފި

ސުވާދީބު

އެމެރިކާގެ އާއްމު ރައްޔިތުންނާ މައްސަލައެއް ނެތް: ޚާމަނާއީ

ސުވާދީބު
Share