ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޔޫއޭއީއަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ޔޫއޭއީގެ ވަލީއުލް އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާގެ ދައުވަތުފުޅަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ދިވެހި ރާއްޖެއާއި އެގައުމާ ދެމެދު އިތުރު ގުޅުންތައް ގާއިމުކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން އިއާދަކުރެނިވި ހަކަތަ އުފެއްދުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައެވެ. އަދި ދެގައުމުގެ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައެވެ.
Facebook Comments