web analytics
ޙަބަރު

ރައީސް ގުނބޯ ހައްދަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ގާސިމް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގުނބޯ ހައްދަން ބަޔަކު މަސައްކަތް ކުރިޔަސް އެކަން ކާމިޔާބެއް ނުވާނެ ކަމަށާއި އެމަނިކުފާނަކީ ތަންދޮރު ނުދަންނަ ވެރިއެއް ކަމަށް ދެކުމަކީ ކުށްހީއެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ގާސިމް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ކޯލިޝަންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވި ނަމަވެސް ގާސިމް ވަނީ ފަހަކަށް އައިސް ކޯލިޝަންގެ އެމްޑީޕީއާ ވަކިވެ މަޖިލިސް އިންތިޚާބުގައި އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ރޭ، ކުރީގެ ޔޫތު މިނިސްޓަރ އަރުތިޝާމް އާދަމް ޖޭޕިއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ރައީސް ސޯލިހް ދިފާއުކުރައްވައި ވާހަކަ ދައްކަވާފައެވެ. އެއްވެސް ކަމަކާ ނުލާ ‘ނޯ ކޮންފިޑެންސް’ އޭ ކިޔައިގެން އަޑުތައް ފަތުރަނީ ފިތުނަ އުފައްދަން ކަމަށް ގާސިމް ވިދާޅުވިއެވެ. މަޖިލިސް ތެރެއިން ގާސިމް، އިބޫގެ އިތުބާރު ނެތްކަމަށް އެހުމަށް އުޅޭކަމަށް ފެތުރެމުން ދިޔަ އަޑުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުވެސް ގާސިމް ނުހަނު ރަނގަޅަށް ދަނެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ތަނެއް ދޮރެއް ނުދަންނަ ބޭފުޅެއް ކަމަށް ބަޔަކު ހީކޮށްގެން އުޅެފާނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހް ގުނބޯ ހައްދަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީ ކޯލިޝަނުން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ގާސިމް ވަނީ ޖަވާބުދާރީ ވެފައެވެ. ޖޭޕީ އަދިވެސް އޮތީ ސަރުކާރު ކޯލިޝަނުގައި ކަމަށާއި ސަރުކާރާއި ރައީސުލް ޖުމުހޫރިއްޔާގެ ފަހަތްޕުޅުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ނަމަވެސް އަނެއްކާވެސް ނަޝީދަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ފޮނުވަމުން ގާސިމް ވިދާޅުވީ ކޯލިޝަންގެ އެހެން ޕާޓީއެއްގެ ރައީސަކު އުޅުއްވާ ގޮތުން ރައީސަކީ ކާކުކަން އޮޅޭ ހިސާބަށް ދަމުން އަންނަ ކަމަށެވެ. ސަރުކާރުން ކުރާނެ ކަކންކަން ވަކި ޕާޓީއެއްގެ ވަކި ބޭފުޅަކު ދެއްކުން ރަނގަޅު ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެއް މިލިއަން ޑޮލަރު ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން

ސުވާދީބު

އިތުރު 10 ސްކޫލް އަޅާނެ ކަމަކަށް ނުބުނަން: މިނިސްޓަރު

ސުވާދީބު

ޕްރައިމަރީ އަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު

ސުވާދީބު
Share