ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ މިއަދު ދީފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަކުރުމުގެ ފުރުސަތު މިހާރު ވަނީ ދީފަ އެވެ. ގާނޫނުގައި ބުނާ ގޮތުގައި ސައްހަ 3،000 މެމްބަރުން ހަމަކުރަން ތިން މަސް ލިބެ އެވެ. އެކަމަކު އެއަށް ވުރެ ކުރިން އެ އަދަދު ހަމަކޮށްފި ނަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނެ އެވެ.
ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އާ ޕާޓީއެއް އުފެއްދެވުމަށް ހުށަހެޅުމުން ފުރަތަމަ އީސީން ހުއްދައެއް ނުދިނެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، އޭނާ ޕީޕީއެމުން ވަކިވެވަޑައިގެން އަލުން ހުށަހެޅުއްވުމުންނެވެ.
Facebook Comments