ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަވަހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ބޭނުން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޗެނެލް 13 އަށް ދެއްވި ބަސްދީ ގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިންއަށް މި ޤައުމު އަދި އެދި ގޮވާލާނެ ކަމަށާ އެކަަމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.
“ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ގިނިކަންޏާ ނުކުމެވަޑައިގެން ހޯއްދެވި ކާމިޔާބީ އަކީ ވަރަށް ފުރިހަމަ ކާމިޔާބީއެއް . އެމަނިކުފާނުގެ ފަސް އަހަރު މިޤައުމު ދުށީ ވަރަށް ސްޕީޑުގައި ތަރައްޤީގެ ގޮތުން ޤައުމު ކުރިއަރައިގެން ދިޔަ މަންޒަރު. އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް މި ޤައުމު ތަރައްޤީގެ މައިދާނުގައި ގިނަ ހަރުފަތްތަކެއް ގިރާ ކުރި މންޒަރުތަކެއް” ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމިން މި ޤައުމަށް ގެނެސްދެއްވި ވަރުގެ ތަރައްޤީއެއް އަދި މިޤައުމުގެ ރައްޔިތުން ދުވަހަކުވެސް ދެކެފައި ނުވާ ކަމަށާ އެކަމަށްޓަކައި ދިވެހި ރައްޔިތުން، ޚާއްޞަކޮށް އަތޮޅުތެރޭގައި ދިއުޅޭ ރައްޔިތުން އެމަނިކުފާނަށް ޝުކުރު އަދާ ކުރާކަމަށެވެ.
މި ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައިވެސް ޤައުމުގެ ތަރައްޤީ އަށް މާބޮޑު މަސައްކަތްތަކެއް ކުރަމުން ގެންދަވާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ އަބްދުއްރަހިމް އިތުރަށް ވިދާޅުވީ، ތަރައްޤީއާއި ތަމައްދުން ބޭނުންވެފައި ތިބި ރައްޔިތުންތަކަކަށް އެކަންތައްތައް ލިބި ލިބި ހުއްޓާ، އެކަން ކަމަށް ކުއްލިއަކަށް ހުއްޓުމެއް އައުމުން ރައްޔިތުން އެކަމާ ދެރަވެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އަދި ރައީސް ޔާމިންއަށް މި ޤައުމު އަދި އެދި ގޮވާލާނެ ކަމަށާ އެކަަމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ
Facebook Comments