web analytics
ދުނިޔެ

ރަޝިޔާގެ ރައީސް ޕޫޓިންގެ ދަރިއަކު ރާއްޖޭގެ ވޭޓަރަކާއި ވާހަކަދެއްކި ގޮތް މައްސަލައަކަށް ވެއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައި ބޮޑުކުރި މިހާރު ރަޝިއާގެ ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ކެނިޔާ ސޮބަކް ޗުއްޓީއަށް ރާއްޖެ އައިސް ރިސޯޓެއްގެ ވޭޓަރަކާއި ވާހަކަ ދެއްކި ގޮތް މައްސަލައަކަށްވެ އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ކެނިޔާ އަށް ފާޑުކިޔުން އަމާޒުވީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ރިސޯޓުގެ ރެސްޓޯރެންޓްގެ ވޭޓަރާއި ދިމާއަށް “ކަޅު އަޅެއް” ކަމަށް ބުނުމުންނެވެ.

އިންސްޓަގްރާމްގައި ކެނިޔާ އާއްމު ކުރި ވީޑިއޯގައި ތަށީގައި ކާތަކެތި ހުރި ގޮތައް އިޝާރާތްކޮށް ބުނީ “ކަޅު އަޅުމީހާ، މި (ކެއުން) ވަރަށް ރީތި” ކަމަށެވެ. ކެނިޔާ ވެއިޓަރާއި ދިމާއަށް ކަޅު އަޅު މީހާ އޭ ބުނީ ހިތްހަމަ ނުޖެހިގެންނެއް ނޫނެވެ. އިންސްޓަގްރާގައި އޭނާ ފޮލޯ ކުރާ 5.9 މިލިއަން މީހުންނާއި ހިއްސާ ކުރި ވީޑިއޯ އަށް ފާޑުކިޔުން އަމާޒުވުމުން ފަހުން ވަނީ ވީޑިއޯ ޑިލީޓް ކޮށްލާފައެވެ.

ކެނިޔާ އަކީ ކުރިން ޕްލޭބޯއީ މޮޑެލް އެކެވެ.

އޭނާ ރާއްޖެ އައިސް ހުރީ ދ.އަތޮޅު ވޮއްމުލި ރިސޯޓްގައެވެ. ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް ކަމަށްވާ ވޮއްމުލީގައި އެންމެ ރެއަކަށް 1749 ޕައުންޑް ދައްކަން ޖެހެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ސާޅީހަކަށް ހާސް ރުފިޔާ އެވެ.

ހަ ރެސްޓޯރެންޓާއި ބާތައް ވެސް ހިމެނޭ ރިސޯޓްގެ ގިނަ ފޮޓޯތަކެއް ކެނިޔާ ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ވެއިޓަރަށް އިހްތިރާމް ކުޑަވާ ގޮތައް ދެއްކި ވާހަކަ ހިމެނޭ ވީޑިއޯ ޑިލީޓް ކޮށްލި ނަމަވެސް އެކަމާއި ގުޅިގެން އޭނާ މައާފަށް އެދިފައެއް ނުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދަތުގައި ހަރުކޮށްލާ ކުޑަކުޑަ އެއްޗަކުން މުޅި ހަށިގަނޑު ބަލާލެވޭނެ

ސުވާދީބު

އެމެރިކާ މީހުން އެންމެ ގަޔާވާ އަންހެނަކަށް މިޝޭލް އޮބާާމާ

ސުވާދީބު

ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް މިނިވަންކޮށްފި

ސުވާދީބު
Share