web analytics
ޙަބަރު

ރާއްޖޭގެ ނަން “މޯލްޑިވްސް” އަށް ބަދަލުވިތާ 50 އަހަރު!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިހުގެ ސައްޔާހުންގެ ފޮތްތަކުން ރާއްޖޭގެ ވާހަކަ ފެންނަން އެބަ އޮތެވެ. ރާއްޖެއަށް ނިސްބަތްކޮށް އެކި ނަންނަމުން، އެފަރާތްތަކުން އެކި ނަންނަން ކިޔާފައި ހުރިކަން ފެންނަން އެބަ ހުއްޓެވެ. މާލްދީފް އާއި މަހަލްދީބް ފަދަ ނަންނަން ފެންނަން އެބަ ހުއްޓެވެ. ހަމައެހެންމެ، މޯލްޑިވް އައިލެންޑް ފަދަ ނަންނަންވެސް ކިޔާފައިވެއެވެ.

މިހާރު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ނުވަތަ އިނގިރޭސިބަހުން ރާއްޖެއަށް ރަސްމީކޮށް ކިޔާ އުޅޭ ނަމަކީ “މޯލްޑިވްސް” އެވެ. ނުވަތަ “ރިޕަބްލިކް އޮފް މޯލްޑިވްސް” އެވެ.

އެހެންނަމަވެސް، އެނގޭ ހެއްޔެވެ. މި ނަން ރާއްޖެއަށް ކިޔަން ފެށިތާ އަދި މިވީ ބައި ގަރުނެވެ. ނުވަތަ 50 އަހަރެވެ. މިހާރު މިއީ އަޅުގަނޑުމެންގެ ކަންފަތުގައި އެންމެ ފަރިތަ ނަން ކަމުގައިވިޔަސް، ކުރިން ރަސްމީކޮށް ކިޔާ އުޅުނީ “ދި މޯލްޑިވް އައިލެންޑްސް” އެވެ.

ޤައުމީ އަރުޝީފުން ބުނެފައިވާ ގޮތުގައި މި ގޮތަށް ރާއްޖޭގެ ނަމަށް ބަދަލު ކުރީ 1969 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެހެންކަމުން، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހަށް، މިކަމަށް މިވީ 50 އަހަރެވެ.

1965 ވަނަ އަހަރު ރާއްޖެ އދ.ގެ މެންބަރަކަށްވެ، އެޖަމިއްޔާގައިވެސް ބޭނުން ކުރަމުން އައީ މޯލްޑިވް އައިލެންޑްސްގެ ނަމެވެ.

21 ޖަނަވަރީ 1969 ގައި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ނުވަތަ މިހާރުގެ ފޮރިން އެފެއާޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަސްމީކޮށް ރާއްޖޭގެ ނަން މޯލްޑިވް އައިލެންޑްސް އިން މޯލްޑިވްސް އަށް ބަދަލުވެފައިވާކަމަށާއި އެހެންކަމުން ވެރިކަމުގެ ނަންވެސް ބަދަލުވެފައިވާކަމުގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބިންހެލުމެއްގައި 50 ދުވަސް ވަންދެން ތުރުކީ ގުޑުވަމުން ދިޔަ އިރު އިހުސާސެއް ނުވި

ސުވާދީބު

މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ހުށަހަޅައިފި

ސުވާދީބު

ނޫސްވެެރިޔާގެ މަރުގެ ތަހުގީގު ޓީމުން ތުރުކީގެ ޕްރޮސެކިއުޓަރާ ބައްދަލުކޮށްފި

ސުވާދީބު
Share