web analytics
ސިޔާސީ

ރިފޯމް ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމަށް ހުއްދަދީފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ނޭޝަނަލް ރިފޯމް ޕާޓީ، އެންއާރުޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ދީފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޙް މުހައްމަދު ދީދީއަށެވެ. މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ޢަދާލަތުޕާޓީން ވަކިވެވަޑައިގެން ދީދީވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ދީދީއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވީ ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދުގެ އަރިސް ބޭފުޅެކެވެ. ނަމަވެސް ދީދީ އުފައްދަވާ ޕާޓީއާއި ޑރ ޝަހީމާއި ގުޅުން އޮންނަކަން އަދި އެނގިފައެއް ނުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަންޖެހޭ

ސުވާދީބު

އުމަރު ނަސީރު ހުރީ މިނިވަން 50ގެ ކޮރަޕްޝަން، އަދި ވެރިކަމުގެ ތެރެއިންވެސް ޔާމީންގެ ދަށުވެފައި – މުއާޒް

ސުވާދީބު

ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް

ސުވާދީބު
Share