web analytics
މަޖިލިސް

ރިިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓެއް ނުކުރާނެ: އިދިކޮޅު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލީސް އާ އަހަރަށް ހުޅުވައި ދެއްވާ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވާ ޖަލްސާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕް ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްުޔާ މަޖިލިސް ހުޅުވައި ދެއްވާ، ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅު ކޯލިޝަނުން ބޮއިކޮޓު ނުކުރާނެ ކަމަށެވެ. ނަމަވެސް އެ ޖަލްސާގައި އިހުތިޖާޖެއް ކުރާނެ ކަން ނުވަތަ ނޫންކަން އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނުނިންމާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ހުކުމް އިއްވި ފަހުން މަޖިލީހުގައި ބޭއްވުނު ކޮންމެ ޖަލްސާއެއްގައި، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ އިހުތިޖާޖު ކޮށްފަ އެވެ.

ރައީސް އިބްރާހިމް ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ދެއްވާ ދެވަނަ ރިޔާސީ ބަޔާން ދެއްވާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައްޔިތުންނަށް އަނެއްކާވެސް ފުރުސަތެއް!

ސުވާދީބު

މަޖިލިސް ވޯޓް ގަންނާނެއްބާ

ސުވާދީބު

ޝަހީބު ވިލިނގިލީ ދާއިރާ އަށް – އަމާޒަކީ ރައްޔިތުންގެ ތަސައްވަރު ހަޤީޤަތަކަށް ހެއްދެވުން

ސުވާދީބު
Share