web analytics
ކުޅިވަރު

ރެއާލް ބަލިވިއިރު އެތުލެޓިކޯ އާ ސެވިއްޔާ ވީ އެއްވަރު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން ރެއާލް މެޑްރިޑް ބަލިވިއިރު، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މިނަތީޖާއާއެކު ދެވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި ސެވިއްޔާ އޮތްއިރު ތާވަލްގެ އެންމެ ކުރީގައި 37 ޕޮއިންޓާއެކު އޮތް ބާސެލޯނާ އަށް ގެޓަފޭ އަތުން މޮޅުވެވިއްޖެނަމަ ފަސް ޕޮއިންޓަށް ލީޑް ފުޅާކުރެވޭނެއެވެ. ހަތަރުވަނައިގައި އޮތް ޑިޕޯޓިވޯ އަލަވެސް އަށް 31 ޕޮއިންޓް ލިބިފައިވާއިރު ރެއާލް ވަނީ މި މެޗުން ބަލިވެ 30 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑްނެގީ ސޮސިއެޑާޑް އެވެ. އެ ޓީމުގެ މިކޭލް މަރީނޯ އަށް ރެއާލްގެ ކަސެމީރޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވިލިއަން ހޯސޭ އެވެ.

އޭގެފަހުން، ރެއާލަށް އެއްވަރުކޮށްދިނުމަށް ވިނީޝިއަސް ޖޫނިއާ އާއި ލޫކާ މޮޑްރިޗަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ސޮސިއެޑާޑްގެ ގޯލްކީޕަރު ޖެރޯ ރުލީ މަތަކުރިއިރު ފުރަތަމަ ހާފު ނިމެންދަނިކޮށް ރެއާލްގެ ލޫކަސް ވަޒްކޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ވާތްފަރާތު އަރިމަތީދަނޑިއަށެވެ. މި ހާފު ނިމުނީ 1-0 އިން ސޮސިއެޑާޑް ކުރީގައިއޮވެގެންނެވެ.

ސޮސިއެޑާޑް އާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

ދެވަނަ ހާފުގެ ކުރީކޮޅު، ރެއާލަށް އެއްވަރުކޮށްދިނުމަށް ވިނީޝިއަސް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު އޭގެފަހުން އެ ޓީމުގެ ކަރީމް ބެންޒެމާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ސޮސިއެޑާޑްގެ ކީޕަރު ރުލީ އެވެ.

ރެއާލުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކަށް އިތުރަށް ހުރަސްއެޅުނީ، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުގެ ވަޒްކޭޒް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ.

މެޗުނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، ސޮސިއެޑާޑް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ރުބެން ޕާޑޯ ޖަހައިދިން ގޯލުންނެވެ. މިއީ އެ ޓީމުގެ ވިލިއަން ހޯސޭ ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ޕާޑޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ އެތުލެޓިކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މިލަނޑުޖަހައިދިނީ ވިސާމް ބެން ޔެޑާ އެވެ. ސެވިއްޔާ އިން މިލަނޑުޖެހުމުގެ ކުރީން އެ ޓީމުގެ ޕޯޗުގަލް ފޯވާޑް އަންދްރޭ ސިލްވާ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.

އެތުލެޓިކޯ އާ ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

އޭގެފަހުން، ސެވިއްޔާގެ ލީޑް ފުޅާކުރުމަށް ބެން ޔެޑާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް އެތުލެޓިކޯ ހުނަރުވެރި ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ލިބުނު ހިލޭޖެހުމަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސެވިއްޔާގެ ބެން ޔެޑާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ. އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް ކުއިންސީ ޕްރޮމްސް ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު އޮބްލަކް މަތަކުރިއެވެ.

މި ހާފުގައި އެތުލެޓިކޯގެ ގްރީޒްމަން އާއި ތޯމަސް ޕާޓޭ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސެވިއްޔާގެ ގޯލްކީޕަރު ތޯމަސް ވަސްލިކް އެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެއިބާ އާ ވިޔަރެއާލް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަހްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އަންގައިފި

ސުވާދީބު

“ފެންޓީ” ނަމުގެ މައްސަލާގައި ރިއާނާ ބައްޕަ ގޮވައިގެން ކޯޓަށް

ދިވެހި ޕޯސްޓް

ފުޓުބޯޅަ ތަރި އޮބި މިކެލް އާއިލާއެކު ދިވެހިރާއްޖޭގައި

ސުވާދީބު
Share