web analytics
ޙަބަރު

ރޮކެޓް ސްޕީޑްގައި ޕާޓީއިން ކެޑުނުގޮތަށް ޕީޕީއެމްގެ ދަރަނިވެސް ދައްކާ:ނާދިރާ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޕީޕިއެމުން ކެނޑެން ސިޓީލީ ބާރުމިނުގައި ދަރަނިތައް ވެސް ދެއްކުމަށް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ އަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އާމިނަތު ނާދިރާ ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް އަދުރޭ އިއްޔެ ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެންފައެވެ.

އަދުރޭ ޕީޕީއެމުން ވަކިވެ ވަޑައިގެންފައިވާއިރު ނާދިރާ ވިދާޅުވީ ޕީޕީއެމުން ވަކިވާން އަދުރޭ ސިޓީލީ އިރު ޕާޓީގެ ދަރަނިތަކެއް އެބަހުރި ކަަމަށާއި އެއީ އަދުރޭ ސޮއިކުރައްވައި ހިދުމަތް ހޯދުމަށް ފަހު ފައިސާ ނުދައްކައި ހުރި ބިލުތަކެއް ކަމަށެވެ.

“ކެނޑެން ސިޓީލީ ބާރުމިނުގައި ހިދުމަތް ހޯދާފަ ފައިސާ ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދައްކަބަލަ” ނާދިރާ ވިދާޅުވިއެވެ.

އާ ޕާޓީއެއް އުފައްދަން ޕީޕީއެމްގައި ތިއްބެވި އިސްވެރިންތަކެއް ފެށިއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓުގައި ވަނީ ދައުވާކޮށްފައެވެ.

ޕީޕީއެމުން ބުނާގޮތުގައި އެ ފައިސާ އެ ޕާޓީ އަށް ނުދެއްކިގެން އުޅެނީ، ޕާޓީގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުންނެވެ. އަދި އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާތަކެއް އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓަފާވާ ކަމަށާއި އެ ފައިސާ ލިބުނުހާ އަވަހަކަށް މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާތައް ދައްކާނެ ކަމަށްވެސް ޕީޕީއެމުން މީގެކުރިން ބުނެފައިވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރެޑްވޭވް ސަލީމާއި ސުޖާއުއަށް ރައްދު ދެއްވީ ދުންޔާ

ސުވާދީބު

ޓްވިޓާގައި ހުށަހެޅި ޝަކުވާއަށް ޔުމްނާ އިޖާބަ ދެއްވައިފި

ސުވާދީބު

ހޮސްޕިޓަލެއްގެ އިހުމާލުން މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ލޭ އަޅައިފި

ސުވާދީބު
Share