web analytics
ޙަބަރު

ރޮޒެއިނާގެ ފޯނު ފްލައިޓެއްގެ ފާހާނާ ތަށިތެރެއަށް ވެއްޓިއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފޯނު، އޭނާ ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގެ ފާހަނަ ތަށިތެރެއަށް ވެއްޓިއްޖެއެވެ.

ރޮޒެއިނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފޯނު ފާހަނަ ތައްޓަށް ވެއްޓުނީ މާލެ އިން ތިމަރަފުއްޓަށް ކުރި ދަތުރުގައި ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ފޯނު ވެއްޓުނުކަން ބޯޓުގެ ކުރޫއިންނަށް އެންގުމުން ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުއްޓަށް ފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށެވެ.

“ފޯނު އޮތީ ޖީބުގައި ފޯނު ފާހަނަ ތައްޓަށް ވެއްޓުނީ ފާހަނަ ތަށިމަތިން ތެދުވި ގަޑީގައި. ފޯނު ވެއްޓުނުކަން ބޯޓުގެ ކުރޫއިންނަށް އެންގުމުން ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުއްޓަށް ފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށް” ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ފޯނު ފާހާނަތަށްޓަށް ވެއްޓުމުން ވަރަށް ދެރަވި ކަމަށާއި ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ކަމަށާއި ނަމަވެސް ތ.އަތޮޅަށް ކުރަން އޮތް ދަތުރު ނިމެންދެން ކަނޑޫދޫގެ އުމަރު ކިޔާ މީހަކު އޭނާ އަށް އިތުރު ފޯނެއް ދިން ކަމަށެވެ.

“އަޅުގަނޑުގެ ތ.އަތޮޅުގެ ދަތުރު ނިމެންދެން އަޅުގަނޑު ބޭނުން ކުރަން ކަނޑޫދޫ އުމަރު އިތުރު ފޯނެއް ދިނީތީ ސުކުރުވެރިވަން އަދި އުރީދޫ އަށް އަޅުގަނޑުގެ ނަންބަރު ހިމެނޭ ސިމް ކާޑް ދެއްވި ކަމަށްޓަކައި އުރީދޫ އަށް ޝުކުރު ދަންނަވަން” ރޮޒެއިނާގެ ޕޯސްޓްގައިވެއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ އޭނާ އަށް ދިމާވި މި ހާދިސާ އަށް ފަހު ރައްޓެހިންގެ ކިބައިން އެދެން ބޭނުންވަނީ ފާހަނާއަށް ފޯނު ނުގެންދިޔުމަށް ކަމަށެވެ.

“އަޅުގަނޑު ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ހުރި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ފޯނުގައި 29000 ފޮޓޯ ހުންނާނެ, ފޯނުގައި ހުރި ފޮޓޯތަކުގެ ބެކްއަޕް ވެސް ހެދިފައި ނެތް” ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ ފޯނު އަނބުރާ ރައްދުކޮށް ދިނުމުން މޯލްޑިވިއަން އަށާއި ފްލައިޓުގެ ކްރޫއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހިލާފު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ: ނަޝީދު

ސުވާދީބު

ލ. ލިންކްރޯޑްގައި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

ސުވާދީބު

ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް އޭސީސީން ނުބުނި!

ސުވާދީބު
Share