web analytics
ޙަބަރު

“ބައިނަލްއަޤްވާމީ ވަޒީފާތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވަނީ ކެރުމާއި ހިތްވަރު”

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ބައިނަލްއަޤްވާމީ ވަޒީފާތަކުގައި ހަރަކާތްތެރި ވުމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭވިއޭޝަން ދާއިރާގެ އެކިއެކި ވަޒީފާތަކުގެ އިތުރުން މުދާ އެކްސްޕޯޓް ކުރުމުގައާއި، ރިޒޯޓް ވަޒީފާތަކުގައާއި، ތައުލީމީ ދާއިރާގައާއި، ފައިވްސްޓާރ ހޮޓާތަކުގައި ވަޒީފާއަދާކުރާ ގިނަ އަދަދެއްގެ ދިވެހިން ޔޫ.އޭ.އީ ގައި ދިރިއުޅެމުން ގެންދާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މިފަދަ ވަޒީފާތަކުގައި ހަރަކާތްތެރި ވުމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައި ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނީ ހަމަތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ހަމަޔާއި އިންޞާފަށް ބޯލަނބާ ކޮންމެ ޤައުމަކާއެކު ގުޅުން ދެމެހެއްޓުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެމިރޭޓްސް ސަރުކާރުން ރާއްޖެއާމެދު ދެކެނީ، ވަރަށް ގާތް އެއްބަނޑުއެއްބަފާ ޤައުމެއްގެ ގޮތުގައި ކަމުގައި ބަޔާން ކުރައްވައި، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖައްސަވައިދެއްވިކަމީ، އެކަމުގެ ހެތްކެއް ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ޤަލްފުގެ އެހެން ޤައުމުތަކުންވެސް އެ ލުއިފަސޭހަކަން ލިބޭތޯ ސަރުކާރުން މަސައކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ވަލީއަހުދު އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، “ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް” އަދި “އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް” ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެޤައުމަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި

ސުވާދީބު

ތިން ލީޑަރުން އެއްބަސްވި އެއްބަސްވުމަށް މަޢުމޫން އިހުތިރާމް ކުރައްވާނެ – ނާދިރާ

ސުވާދީބު

ހޯރަ އިއްބެ މިނިވަން ކޮށްފި

ސުވާދީބު
Share