web analytics
ް މުނިފޫހި ފިލުވުން

ބަތަލާ ކިއާރާ އަދުވާނީ ރާއްޖޭގައި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އާ އަހަރު ފެށުމާ ދިމާކޮށް، ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

މިދިޔަ ޖޫން މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު “ލަސްޓް ސްޓޯރީސް” ގައި ކަރަން ޖޯހަރު ޑައިރެކްޓްރި ސެގްމަންޓްގެ ބަތަލާ އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެކަމަކު އެއީ ކޮން ރިސޯޓެއް ކަމެއް ނޭނގެ އެވެ.

ކިއާރާ ރާއްޖެ އައި އިރު އޭނާ މިހާރު އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޝާހިދު ކަޕޫރާ އެކު ކޫޅޭ “ކަބީރު ސިންގް” އާއި އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖާ އެކު ކުޅޭ “ގުޑް ނިއުސް” ގެ އިތުރުން އަބީޝެކް ވަރުމަންގެ ބޮޑު ކާސްޓް ހިމެނޭ ފިލްމު “ކަލަންކް” އެވެ.

“މެޝިން” ގެ ލަވަ “ތޫ ޗީޒް ބަޅީ ހޭ މަސްތު މަސްތު”.
ފިލްމު ފަގްލީ (2014) އިން ބޮލީވުޑަށް ތައާރަފުވި 26 އަހަރުގެ ކިއާރާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި އައްބާސް މަސްތާންގެ “މެޝިން” އާއި ސުޝާންތު ރާޖްޕޫތާ އެކު ކުޅުނު “އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ” ހިމެނެ އެވެ.

ކިއާރާ ފާހަގަ ކުރެވެނީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ ބަތަލާއެއްގެ ގޮތުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިއާރާ މިހާރު އުޅެނީ ޒުވާން އެކްޓަރު ސިތާދު މަލްއުތުރާއާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އޭނާ ވެސް މިހާރު ޗުއްޓީއަކަށް އިންޑިއާ އިން ބޭރުގަ އެވެ. އިންސްޓަގްރާމްގައި އެ ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައިވެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އޭސް އޮފް ސްޕޭސް ދިވްޔާ ކާމިޔާބު ކޮށްފި

ސުވާދީބު

މިހާރު އެންމެ ގިނަ ބަޔަކު އިންސްޓަގްރާމުން ފޮލޯކުރާ އަންހެނަކީ ސެލީނާއެއް ނޫން

ސުވާދީބު

ވިކްޓޯރިޔާ ބެކަމް މުސްކުޅި ނުވާން ބޭނުން ކުރަނީ އަމިއްލަ ލޭގެ އުފެއްދުމެއް

ސުވާދީބު
Share