web analytics
ޙަބަރު

ބަސް ސްޓޮޕްތަށް އިިތުރުކޮށް މާލެ – ހުޅުމާލޭ ބަހުގެ ހިދުމަތް ހުޅުމާލޭގެ އެތެރޭގެ މަގުތަކަށް މާދަމާ ފަށަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް މާދަމާއިން ފެށިގެން ދަތުރުތަށް ކުރުމަށް ހަމަޖައްސަން ނިންމައިފިއެވެ.

މާލެ އާއި ހުޅުމާލޭގައި ހުރި ބަސް ސްޓޮޕްތައް އިތުރުކޮށްފައިވާއިރު މިއަދު ދަތުރުފަތުރާ ބެހޭ ވަޒީރު އައިޝަތު ނަހުލާ ވަނީ  އަލަށް ކަނޑައެޅުނު ބަސް ސްޓޮޕްތަށް ބައްލަވާލައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި ބަސް ސްޓޮޕްތަށް ކަނޑައަޅައި ބަސް ދަތުރުތަށް އިތުރުކުރެވުމުން މާލޭގައި އިތުރު ހަ ބަސް ސްޓޮޕް އަދި ހުޅުމާލޭގައި ހަތް ބަސް ސްޓޮޕް ހުންނާނެއެވެ. ނަމަވެސް މިހާރު މާލޭގައި ހުރީ ތިން ބަސް ސްޓޮޕެވެ.

އަލަށް ކަނޑައެޅުނު ބަސް ސްޓޮޕްތަށް ބައްލަވާލެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބަސްތަށް ދަތުރުކުރަން ފެށުމަކީ އެކަމުން ރައްޔިތުންނަށް އެތަކެއް ފައިދާއެއް ވާނެ ކަމެއް ކަމަށެވެ. އަދި އަތޮޅުތެރޭގެ ބައެއް ރައްޔިތުންނަށްވެސް ބަހުގެ ހިދުމަތް ބޭނުންވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ބަސް ދަތުރުތަށް މާލެއާއި ހުޅުލެއާއި ހުޅުމާލޭ، މި ސަހަރައްދުތަކުގައި ފަށްޓާއިރު އަޅުގަނޑުމެންގެ ރާއްޖެ ތެރޭގައިވެސް ބަހުގެ ހިދުމަތަށް ބޭނުންވެފައިވާ އެތަކެއް ރައްޔިތުންނެއް އެބަތިބި. އަޅުގަނޑުމެން އެބޭފުޅުންގެ މަތިން ހަނދާން ނެތުނީކުނޫން. އެގޮތުން އެރަށްތަކާއި ސިޓީތަކުގައިވެސް ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި މަޝްވަރާކުރެވެމުން މިދަނީ” ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ނަހުލާ ވިދާޅުވީ މާލޭގެ އެތެރޭގެ މަގުތަކުގައިވެސް ބަހުގެ ހިދުމަޠް  ދިނުމަށް ކައިރި މުސްތަގުބަލެއްގައި މިނީ ބަހުގެ ހިދުމަތް ތައާރަފްކުރާނެ ކަމަށެވެ. އަދި އެކަމާއި ބެހޭ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމުގައި މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުރި ބަސް ސްޓޮޕްތަށް އިތުރުކޮށް ރަސްމީކޮށް މާދަމައިން ފެށިގެން މާލޭ- ހުޅުމާލޭ ބަސް ، ހުޅުމާލޭގެ އަވަށުތެރެއަށް ދަތުރުތައް ފަށާއިރު ހުޅުމާލޭގެ ހުރިހާ ސަހަރައްދެއް ކަވަރު ކުރާނެ ކަމައް ޓްރާންސްޕޯޓު މިނިސްޓްރީއިން ވިދާޅުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނާޒިމާ މަޖިލީހަށް ވާދަކުރައްވަނީ

ސުވާދީބު

އިންޑިއާ، ނޭޕާލް އަދި ލަންކާގެ ސިފައިންނާވެސް އެކު އެމްއެންޑީއެފްގެ ޑައިވިން ކޯހެއް ފަށައިފި

ސުވާދީބު

ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖާ އަދިވެސް ނުފެނޭ

ސުވާދީބު
Share