web analytics
ދުނިޔެ

ބާރުގަދަ ގޮވުމަކާއިއެކު އެމެރިކާއިން އާދަޔާ ހިލާފު އަލިގަނޑެއް ފެނިއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ބާރުގަދަ ގޮވުމަކާއިއެކު އެމެރިކާގެ ނިއުޔޯކުން އާދަޔާ ހިލާފު އަލިގަނޑެއް ފެނި އެތަށް ބަޔެއްގެ ހިތްތަކަށް ބިރުވެރިކަން ގެނުވައިފިއެވެ.

ވަރަށް ދަން ގަޑިއެއްގައި ނިއުޔޯކުގެ ކަރަންޓު އުފައްދާ ޕަވާ ސްޓޭޝަނެއްގައި ޓްރާސްފޯމާއެއް ގޮވާ ބާރުގަދަ އަޑަކާއި އެކު އުފެދުނު މި އަލިގަނޑު އެތަށް މޭލަކަށް ފެނިގެން ދިޔަ އިރު އެތަށް ބަޔަކު ހީކުރީ މީއީ ގިނި ހިލައެއް ވެޓުމުގެ ސަބަބުން އުފެދުނު ހަލިގަނޑެއް ކަމަށެވެ.

ޓްރާންސްފޯމާއެއް ގޮވުމުގެ ނިއުޔޯކު ސިޓީގެ މަތިން އާދަޔާ ހިލާފަށް ގަދަ ފެހި ކުލައިގެ އަލިގަނޑެއް ފެނިގެން ދިޔަ އިރު ކަރަންޓު އުފައްދާ ޕަވާ ސްޓޭޝަނެއްގައި ގޮވި ގޮމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މި ހާދިސާ ހިންގުމާއި އެކު ނިއުޔޯކު ސިޓީގެ ފުލުހުންނަށް އެތަށް ބައެއްގެ ފޯނު ކޯލުތަށް ވަނީ އައިސްފައެވެ. ފުލުހުން ވިދާޅުވީ ބާރުގަދަ ގޮވުމަށް ފަހު ފެނުނު އަލިގަނޑު ފެހި ކުލައިން ފެނިގެން ދިޔައީ ޕަވާ ސްޓޭޝަންގައި ހުރި ކެމިކަލެއްގެ ސަބަބުން ކަމަށެވެ.

ނިއުޔޯކު ސިޓީގެ އަލިފާން ނިންވާ އިދާރާގެ ތަރުޖަމާނު ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެ އިދާރާގެ އެތަށް ފަޔާ ވެހިކަލެއް އެތަނަށް ގޮސް އަލިފާން ނިންވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށެވެ.

ނިއުޔޯކު ފުލުހުން ވަނީ މި ހާދިސާ ހިންގައި ދިޔަ ސަރަހައްދަށް އާންމުން ވަނުން މަނާކޮށްފައެވެ. 8.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޔޯކު ސިޓީގައި ހިންގައި ދިޔަ މިހާދީގައި އެއްވެސް މީހަކަށް ގެލުމެއް ނުވި ނަމަވެސް މި ހާދިސާ ހިންގަން މެދުވެރިވި ސަބަބުން އެ ސިޓީގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޔާމީން މަސައްކަތް ކުރެއްވީ އިންޑިއާ އާއި ޗައިނާ ޖައްސުވަން: ޝާހިދު

ސުވާދީބު

އިސްރާއީލުން ޝަހީދު ކޮށްލި ފަލަސްތީނުގެ ދެ ކުދިންގެ ޖަނާޒާ، އެތައް ބަޔަކު ރޮއްވާލައިފި

ސުވާދީބު

ބޯ ނެތް ދެ ހަށިގަނޑަކާއި އަންހެނެއްގެ ބޮލެއް ތައިލެންޑަށް ލައްވެއްޖެ

ސުވާދީބު
Share