web analytics
ޕްރައިމަރީ

ބިލް އަމާޒުކުރީ ނަޝީދަށް، ލަތީފާ މެދު ހިތްހަމަނުޖެހިއްޖެ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުން ހުއްޓުވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުން އެތައް ބައެއްގެ ނުރުހުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އާއި ކޯލިޝަން ސަރުކާރުގެ އެހެން ޕާޓީތަކުން ވެސް ދެކޭ ގޮތުގައި އެ ބިލު އަމާޒުކޮށްފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެހެންވެ އެއީ ކޯލިޝަންގެ ވިސްނުމެއް ނޫން ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ބިލާ ދެކޮޅު ހަދައިފަ އެވެ.

ސިޔާސީ މަސައްކަތްޕުޅު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރައްވަން ނިންމަވައި ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މަޖިލީހަށް ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަ އެވެ. ގޮތެއް ނިންމަވާނީ ވަގުތު ޖެހުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސުން މަޖިލީހުގައި ތިއްބެވުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް ހުށަހެޅުއްވީ މާއްދާއެއް އިތުރު ކުރާށެވެ. އެއީ، ކުރީގެ ރައީސުން މަޖިލީހުގެ މެމްބަރުންނަށް ވާން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަށެވެ.

ބިލް ހުށަހެޅުއްވީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ނޫން ކަމަށް ލަތީފް ވިދާޅުވި ނަމަވެސް އެ ވާހަކަ ކޯލިޝަން ޕާޓީތަކުން ވެސް ގަބޫލެއް ނުކުރެ އެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ އެ ބިލުގެ ބޭނުމަކީ ނަޝީދަށް ފުރުސަތު ގެއްލުވާލުމެވެ.

ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް މަގުފަހިކުރަން ގާނޫނުތަކަށް އިސްލާހު ގެނައުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ފަރިތަކަމާ އެކު ކުރި ކަމެކެވެ. އެކަން ބަދަލުކުރަން ވައުދުވެ، ވެރިކަމަށް އައި ކޯލިޝަން ސަރުކާރުގެ މެމްބަރަކު އެފަދަ ބިލެއް ހުށަހެޅުމަކީ ކުރީގެ މަގަށް އަނބުރާ ރުޖޫއަވަމުން ކަމަށް ބުނެ ވެސް ދަނީ ފާޑުކިޔަމުންނެވެ.

ލަތީފް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް އޮތް އިސްލާހު ވެސް މި ސަރުކާރުގައި ވަނީ އުވާލައިފަ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ޔާމީންގެ ސަރުކާރުން އިސްލާހު ގެނައީ ގާސިމް ވެރިކަމަށް ވަޑައިގަތުމަށް ހުރަސްއަޅާށެވެ. މިއީ، ލަތީފް ވެސް ކަންބޮޑުވުންފާޅުކުރެއްވި މައްސަލައެކެވެ.

ކުރީގެ ރައީސުން މެމްބަރުންނަށް ވުމަށް ހުރަސްއަޅާ ބިލާ ދެކޮޅު ހައްދަވަމުން، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތަފާތުކުރުމާއި ވާދަވެރިޔާ ނައްތާލުމުގެ ސަގާފަތާ އެންމެން ދުރުވާން ޖެހޭ ކަމަށެވެ. މަޖިލީހަށް ވާދަކުރެއްވުމަކީ ނަޝީދަށް ވެސް އޮތް ހައްގެއްކަން ފާހަގަކުރެއްވި އެވެ.

އަލީ ވަހީދު ކުރެއްވި ޓުވީޓް.

އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގުން އެކަކު ވެސް ބާކީކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ އެ ބިލަށް ވޯޓު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. އެއްވެސް މީހެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ބިލަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ކުެއްވި ޓްވީޓް

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވި ގޮތުގައި މީހަކު ދެކެ ޖެހިލުންވާ އިރަށް ގާނޫނީ ބަދަލުތަކުން އެ މީހަކަށް ފުރުސަތު ހަނިކުރުން ބަލައެއް ނުގަނެވެ އެވެ.

ރޮޒެއިނާ އާދަމް ގެ ޓްވީޓް

ގާނޫނުއަސާސީއާ ޚިލާފު ބިލެއް!

ގާނޫނުއަސާސީގައި ވަކި ގޮތެއް ކަނޑައަޅާފައި އޮއްވައި އެއާޚިލާފަށް ހުށަހަޅާ ބިލް މަޖިލީހުން ބަލައިނުގަތުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ގާނޫނުއަސާސީގައި މަގާމްތަކަށް ފުރިހަމަވާން ޖެހޭ ކަމަށް ބަޔާންކުރާ ޝަރުތުތަކެއް ގާނޫނުގެ ޒަރިއްޔާ އިން އުނި އިތުރެއް ނުގެނެވޭނެ އެވެ. އެއީ މަޖިލީހަށް ބަލައިނުގަނެވޭނެ ބިލެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާންގެޓްވީޓް

މި ކަންބޮޑުވުންތައް ހުރުމާ އެކު އެ ބިލް އަނބުރާ ނަގަން ޖުމްހޫރީ ޕާޓީން ވަނީ ލަތީފަށް އަންގައިފަ އެވެ.

ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒު “މިހާރު” އަށް ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ އެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އެ ބިލް ނަގަން އެންގީ، ކޯލިޝަން ލީޑަރެއް ކަމަށްވާ ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވެފައިވާ ގޮތުގައި ރައީސް ކަން ކުރެއްވި ބޭފުޅުންނަކީ ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ޚާއްސަ އިއްޒަތަކާއި ޝަރަފެއް ލިބިދީފައިވާ ބޭފުޅުންނަށް ވާތީ އެ އަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވުމުން އެ ޝަރަފަށް އުނިކަން އަންނާނެ އެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ އެ ވިސްނުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

“ގާނޫނުއަސާސީ ބުނާ ގޮތުން ވެސް އެހާ ބޮޑަށް ތަންދޭ ކަމެއް ނޫން އެއީ. އެ ބޭފުޅުންނަށް ވަރަށް ބޮޑެތި އިނާޔަތްތަކާއި ރައްކާތެރިކަމާއި ޝަރަފެއް ދީފައި އެ ތިއްބަވަނީ ޝަރަފާއި އިއްޒަތުގައި ތިއްބަވަން،” އޭނާ ވިދާޅުވި އެވެ.

އެކަމަކު، އޭނާގެ މި ވިސްނުމާ ގިނަ ބަޔަކު ދެކޮޅު ހަދަމުންދާތީ ބިލް ފާސްވެދާނެ ކަމުގެ ޔަގީންކަން މިއޮތީ ކުޑަވެފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށްގެން ނަމަވެސް ކުޑައަގުގައި ޓީއެމްއޭއަށް ޓާމިނަލް ދޭނަން – އަމީރު

ސުވާދީބު

އަހަރެމެންނީ މަޖުބޫރީ ހިޖުރަވެރީންތަ؟

ސުވާދީބު

ރައީސް ނަޝީދު މޯދީއާ ބައްދަލުކުރައްވައިފި

ސުވާދީބު
Share