web analytics
ވިޔަފާރި

ބީއެމްއެލުން ސަސްޕެންޑް ކުރީ ދެމަފިރިން!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ބީއެމްއެލުން ސަސްޕެންޑްކޮށްފައިވަނީ އެތަނުގައި ވަޒީފާ އަދާކުރަމުން އަންނަ ދެމަފިރިން ކަން “މިހާރު” އަށް އެނގިއްޖެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ވަޒީފާ އަދާކުރަނީ އެއް ޑިޕާޓްމަންޓްގައެއް ނޫނެވެ. ބީއެމްއެލްގެ އެތެރޭގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ދެމަފިރިންނަށް އެ ބޭންކްގައި ވަޒީފާ އަދާކުރެވުނަސް، އެއް ޑިޕާޓްމަންޓްގައެއް ނޫޅެވޭނެ އެވެ.

އެއްދުވަސްވަރެއްގައި ބީއެމްއެލްގައި ދެމަފިރިންނަށް ވަޒީފާއެއް އަދައެއް ނުކުރެވެ އެވެ. އޭރު ބޭންކްގެ ވަޒީފާގައި އުޅެމުން ކައިވެންޏާ ހަމައަށް ދިޔަ ބައެއް މީހުން ވަނީ، ދެމަފިރިންގެ ތެރެއިން އެކަކު ބޭންކްގެ ވަޒީފާ ދޫކޮށްލައިފަ އެވެ.

ބީއެމްއެލްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލަ އެ ބޭންކުން މިހާރު ގެންދަނީ ބަލަމުންނެވެ. އެކަމަކު އެ މުވައްޒަފުން ހިޔާނާތްތެރިވީ ކަސްޓަމަރުންގެ ފައިސާއަށް ނޫންކަން އެނގިފައިވެ އެވެ. އެއީ ބީއެމްއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ފައިސާކަމަށް ވެ އެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ހިޔާނާތުގެ އަދަދު އަށް މިލިއަން ރުފިޔާ އަށް އަރަ އެވެ.

މި މައްސަލާގައި ބީއެމްއެލްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް އެ ބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެސްއެމްއީ ބޭންކްގެ 15 ޕަސެންޓް ހިއްސާ ސިޓީ ކައުންސިލްތަކަށް

ސުވާދީބު

13،720 އެނދާއެކު ރިސޯޓް ހަދަން 29 ރަށެއް އިއުލާން ކޮށްފި

ސުވާދީބު

ނެއިބަރހުޑް ސަޕޯޓު އޮފިސަރުން ވިޔަފާރިވެރިންނާއެކު ފޯރަމެއް ބާއްވަނީ

ސުވާދީބު
Share