ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންގެ ކަންކަން މިހާރަށް ވުރެ ގާތުން ބަލައި ދިމާވަމުން އަންނަ ކަންކަން ހައްލުކޮށްދޭން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ތަނބުތަކެވެ. އެ ތަނބުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެ އާއި ރަހުމަތްތެރިކަން އޮތް ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރާނެ ކަމަށް ވިދާޅވި އެވެ. އެއާއެކު، އާ ރަހުމަތްތެރިން ހޯދައި ގުޅުން ބަދަހިކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ “މިއީ، އުއްމީދުން ފުރިގެންވާ ދަނޑިވަޅެއް” ކަމަށެވެ.
ކުރީގެ ސަރުކާރުގައި، ރާއްޖެ އާއި އެކުވެރި ގައުމުތަކާ މެދު ޚާރިޖީ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ ހިމެނޭއިރު، އެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ރާއްޖެ އޮތީ އެއްބާރުލުން ދީގެން އެކުގައި މަސައްކަތް ކުރަން ކަމުގެ ޔަގީންކަން ދެއްވަން ފޮރިން މިނިސްޓަރު ޝާހިދު ގެންދަވަނީ އެކި ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭއިރު ދިވެހިންނަށް އެންމެ ބޮޑަށް ދަތިވާނެ ފަދަ ކަންކަމަށް ހައްލު ހޯދައިދޭން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
Facebook Comments