web analytics
ޙަބަރު

ބްރިގޭޑިއާ ޑީޑީގެ ޗެލެންޖެއް ކާނަލް ނާޒިމަށް!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ފެބުރުއަރީ 7، 2012 ގައެވެ. އެ ދުވަހު ގިނަ ކަންތައްތަކެއް ހިނގައިގެން ދިޔައިރު އެ ކަންކަމުގެ ފަހަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުންނެވި ކަމަށް ވަރަށް ވަރަށް ގިނަ ތަފާތު ވާހަކަތައް އެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ނާޒިމް އިންޒާރު ދެއްވި ކަމަށް ވެސް ވާހަކަ އަޑާއި ވާހަކަ ފެތުރުނެވެ. ނަމަވެސް ހަތެއް ފެބުރުއަރީގައި އޭނާގެ އެފަދަ އެއްވެސް ރޯލެއް ނޯންނާނެ ކަމަށާއި އެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވަނީ އެ ދުވަހު ހިނގި ކަންކަމުގެ ހަގީގަތް ހާމަކުރައްވައި ވާހަކަ ދައްކަވަން ރައީސް ނަޝީދަށް ޗެލެންޖެއް ވެސް ކުރައްވާފަ އެވެ. ނާޒިމް މި ޗެލެންޖް ނަޝީދަށް ކުރެއްވީ “އަވަސް ހުކުރު” ޕްރޮގްރާމުގައި ނޫސްވެރިޔާ އަހުމަދު މުހައްމަދު (އޭޑީ) ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

“ހަގީގަތަކީ އެ ދުވަހުގައި އަސްލު އަޅުގަނޑުގެ ރޯލެއް ނެތް، އަޅުގަނޑު އެތަނަށް ދިޔައީ، އޭރު އެތަނުގައި ސިފައިނާއި ފުލުހުން ދިޔައީ ތަޅާފޮޅަމުން، އަޅުގަނޑު ދިޔައީ އެ މަންޒަރު ޓީވީއިން ބަލަން ކެތް ނުވެގެން، އަޅުގަނޑު ގޮސް ސިފައިން ގާތުގައި އެހީ ކޮން ކަމެއްހޭ ބޭނުން ވަނީ، އެމީހުން އެދުނު ކަމަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭށޭ ބޭނުން ވަނީ، އެއީ ސިފައިންނާއި ފުލުހުން ބުނި އެއްޗެއް،” ސިފައިންގޭގައި ގިނަ ހިދުމަތްތަކެއް ވެސް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންގެ އެ މެސެޖް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނަށް އަރުވަން ސިފައިންގެ އަށް ވަދެ ވަޑައިގެންނެވި ކަމަށާއި އެތަނަށް ވެންނެވީ މެސެންޖަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ސިފައިންގެ އިސް ބޭފުޅުންނަށް އެ މެސެޖް ރައްދުކޮށް ދެއްވި ކަމަށެވެ.

“އަޅުގަނޑު ރައީސް ނަޝީދެއް ނުދެކެން އެތެރެއަކުންނެއް، ރައީސް ނަޝީދާ ބައްދަލު ވެސް ނުވޭ، ރައީސް ނަޝީދަށް [މިކަމުގައި] އިތުރުފުޅު ހައްދަވާކަށް ކެރިވަޑައެއް ނުގަންނަވާނެ. އަޅުގަނޑު ޗެލެންޖްކޮށްފަ ދަންނަވަން، ހަަމަ ކަނޑައެޅިގެން އަޅުގަނޑުގެ ބޮލުގަ ބަދުނާމް އެޅުވުމަށް ދައްކަމުންދާާ ވާހަކައެއް އެއީ،” ނާޒިމް ވިދާޅުވި އެވެ.

“ރަނގަޅު، އަޅުގަނޑު ސިފައިންގެއިން ނުކުމެފަ އެނައުންސް ކުރިން އަޅުގަނޑު މިއައީ މިގޮތަށް ދަންނަވާފައޭ،”

 ނާޒިމް “އަަވަސް ހުކުރު” އަށް އިންޓަވިއު ދެއްވަނީ – އަހުމަދު ޝުރާއު | އަވަސް

ނާޒިމް ވިދާޅުވި ގޮތުގައި އޭނާއަށް ނިސްބަތްކޮށް ކޮންމެ އެއްޗެއް ގޮވި ނަމަވެސް އެއީ އޭނާ ކަންބޮޑުވާ ކަމެއް ނޫނެވެ. އެކަމަކު ހަތެއް ފެބުރުއަރީއަށް ފަހު އޭނާ ގުޅުވައިގެން ވަނީ ހަގީގަތް އޮޅުވާލާފައިވާ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

“އެ ބޭފުޅުން މި ހަދާ ގޮތަކީ އެ ބޭފުޅުންނަށް ކުރެވޭ ކަމެއް އޮޅުވާލަނީ، އޮޅުވާލާފަ މި މެސެޖް މި ދެނީ ގޯސްކޮށް، އެ ބޭފުޅަކަށް ކުރެވުނު ކަމެއް ގޯސްވީމާ އެހެން މީހެއްގެ ބޮލަށް ފެއްތުން މި އޮންނަނީ، އެހެންވީމަ އަޅުގަނޑު މިއަދު ވެސް ޗެލެންޖްކޮށްފަ ދަންނަވަން އަޅުގަނޑަކާ ރައީސް ނަޝީދަކާ ބައްދަލެއް ނުވެއޭ، އަޅުގަނޑު ރައީސް ނަޝީދަށް [އިސްތިއުފާ ދެއްވާކަށް] ނުވެސް ދަންނަވަންމެ،” ނާޒިމް ވިދާޅުވި އެވެ.

“އެހެންވީމަ ކަނޑައެޅިގެން ދޮގެއް ހަދައިގެން މީހުންގެ ތެރޭގައި ކޮންމެ ވެސް ބަޔަކު ދައްކަނީ، އެމްޑީޕީގެ ތެރޭގައި އުޅޭ ބައެއް ކަހަލަ ބޭފުޅުން އެހެން މީހުންގެ ބޮލުގައި އަޅުވަން، މިއަދު މި ހަގީގަތް ދަންނަވަނީ، މިއީ ހަގީގަތަކީ، މި ހަގީގަތް އެނގޭނެ މީހުން ސިފައިންގެ ތެރޭގައި ތިބޭނެ، އަދި އެމްޑީޕީގެ ތެރޭގައި ވެސް ތިބޭނެ،”

ނާޒިމް ވިދާޅުވި ގޮތުގައި އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ ތަނަށް ވަޑައިގަތުމުގ މާކުރިން ވެސް ރައީސް ނަޝީދު ވަނީ އިސްތިއުފާ ދެއްވުމަށް ނިންމަވާފަ އެވެ. އެހެންވީމަ އޭނާއާ ގުޅުވައިގެން ދައްކަނީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއްކަން އެއިން ވެސް އެނގޭ ކަމަށެވެ.

“އެ ބޭފުޅުން އަޅުގަނޑާ ޗެލެންޖް ކުރަން ވަޑައިގަންނަވާ ޕޯޑިއަމަށް، މިހާރު ވެސް ރައީސް ނަޝީދު ވަޑައިގަންނަވާ، މި ވާހަކަ ދައްކާލަން ރަނގަޅަށް، ކާކުތޯ މީގައި މައްސަލައަކީ، މި ހަތެއް ފެބުރުއަރީގެ ވާހަކަ ދައްކާލަމާތޯ ރަނގަޅަށް،” ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ހަގީގަތަކީ އެ ހާލަތުގައި އެކަން އެމަނިކުފާނަށް ކޮންޓްރޯލް ނުކުރެވުން ކަމަށެވެ. އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

 ނާޒިމް “އަަވަސް ހުކުރު” އަށް އިންޓަވިއު ދެއްވަނީ – އަހުމަދު ޝުރާއު | އަވަސް

“ހަގީގަތަކީ ވެރިކަން ކުރައްވަން ތިބި މީހުންނަށް ވެރިކަން ކުރަން ނޭނގުން، ކަމުގެ ތަޖުރިބާ ނެތުން، ސިފައިންނާއި ފުލުހުން ނުކުމެ ތަޅައިގަންނަ ހިސާބަށް ދިޔުމަކީ ވަރަށް ނުރައްކާތެރި ކަމެއް، އެ ދުވަހުގެ ހާލަތަކީ ވަރަށް ނުރައްކާތެރި ހާލަތެއް، ސިފައިންނާއި ފުލުހުން އެމީހުންގެ އަތުގައި ހުރި ބައެއް ހަތިޔާރު ހިފައިގެން ތަޅައިގަތުން އެއީ ކިހިނެއް ގަބޫލު ކުރެވޭނެ ކަމެއްތޯ،” ނާޒިމް ވިދާޅުވި އެވެ. “އަމިއްލަފުޅަށް ޒިންމާ ނަންގަވަންޖެހޭ އެ ބޭބޭފުޅުން، ހަގީގަތަކީ ވެރިންނަށް ތިބި މީހުންނަށް ކަންކަން ނިންމަން ނޭނގުނީ، ކަންކަން ކުރަން ނޭނގުނީ، އެހެންވެ ސިފައިންނާއި ފުލުހުން ތަޅައިގަތީ، އެހެން ނޫންނަމަ ކޮން ގައުމެއްގަތޯ ސިފައިންނާއި ފުލުހުން ތެޅީ،”

ނާޒިމް ވިދާޅުވި ގޮތުގައި ޝަރުއީ ކޯޓުތަކުންނާއި އެހެން ވެސް ތަންތަނުން އޭރުގެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ގޮވާލުމުން އޭނާ ހިފަހައްޓައިގެން ގެންގުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް ގޮތް ދޫނުކޮށް ހިފެހެއްޓުމުން ކަންކަން ކޮންޓްރޯލް ނުވާ ދަރަޖައަށް ދިޔައީ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފުވައްމުލައްކުގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

ސުވާދީބު

ވައުދު ފުއްދުމުގައި އެމްޑީޕީން މަސައްކަތް ކުރާނީ ރަނުން ރަނަށް – ނަޝީދު

ސުވާދީބު

އަޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައެއް ނުވޭ: އިމިގްރޭޝަން

ސުވާދީބު
Share