ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ، އޭނާގެ ލޯބިވެރިޔާ ގިންނީ ޗަޓްރަތާ މިމަހު 12 ގައި ޖަލަންދަރުގައި ކައިވެނިކޮށްފައިވާއިރު ދެމީހުން ވަނީ އިއްޔެ ފަންނާނުންނަށް ހާއްސަކޮށް ރިސެޕްޝަން ޕާޓީއެއް މުމްބާއީގައި ބާއްވާފައެވެ.
http://vfp.mv/files/gallery/default/vfp19584img.jpg
އެޕާޓީގައި ބައިވެރިވި ބައެއް ބޮލީވުޑު ފަންނާނުންގެ ތެރޭގައި ދީޕިކާ ޕްޑުކޮން އާއި ރަންވީރު ސިންގް، ކާތިކް އާރިޔަން، ކަރަން ޖޯހަރު، ވިކީ ކައުޝަލް، ރޭކާ، އަނިލް ކަޕޫރު، ދަރުމެންދަރު، ޖިތެންދަރު، އަދި ކްރިތީ ސަނޮން ހިމެނެއެވެ.
ބޮލީވުޑު ފަންނާނުންގެ އިތުރުން ޓީވީ ތަރިން ކަމަށްވާ، ޖޭ އާއި މާހީ، ބާރްތީ އާއި ހާރްޝް، ކީކޫ ޝަރުމާ، ސުމޯނާ، ކްރިޝްނާ އަދި ކަޝްމީރާ ވަނީ އެޕާޓީގައި ބައިވެރިވެފައެވެ.
ކަޕިލް އާއި ގިންނީގެ ކައިވެނީގެ ހަފްލާގައި އޭނާގެ ރަހުމަތްތެރިންނާނާއި އޭނާއާއެކު މަސައްކަތް ކުރާ ބައެއް ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކްރިޝްނާ އަބީޝޭކް އާއި ބާރްތީ ސިންގް އާއި ސުމޯނާ ޗަކްރުވަތީ، އަދި ހަރްޝް ލިންބަޗިޔާ ހިމެނެއެވެ. ކައިވެނީގެ ބައެއް ފޮޓޯ މިހާރު އާންމު ވެފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
އުމުރުން 37 އަހަރުގެ ކަޕިލް އާއި 29 އަހަރުގެ ގިންނީ އެންގޭޖުވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. “ކޮމެޑީ ކިންގް” ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.
Facebook Comments