web analytics
ދުނިޔެ

ކިނބުލަށް ކާންދޭ ސައިންޓިސްޓް އަންހެން މީހާ ކާލައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑޮނޭޝިއާގެ ލެބޯޓްރީއެއްގެ ތަހުގީގުތަކަށް ގެންގުޅޭ ކިނބުލަކަށް ކާންދޭން ދިޔަ އަންހެން މީހާވެސް ކާލައިފިއެވެ.

މޭރީ ނަމަކަށް ކިޔާ އެ ކިނބޫ ސައިންޓިސްޓް ޑީޒީ ޓޫވޯ ނަމަކަށް ކިޔާ އެ އަންހެންމީހާ ކާލާފައިވަނީ ކާން ދޭން ދިޔުމުން، ރައްކާތެރިކަމަށް އަޅާފައިވާ ފާރުމަތިން ސައިންޓިސްޓް ދަމާ ވައްޓާލައިގެންނެވެ. 17 ފޫޓުގެ ބޮޑު ކިނބޫ ބާއްވާފައި އޮންނަނީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސްލަވެސީގެ ސީވީ ޔޮސިކީ ލެބޯޓްރީގައެވެ.

ލެބޯޓްރީގެ ގިނަ ތަހުލީލުތަކަށް ކިނބޫގެ ބޭނުން ކުރާ އިރު، ސައިންޓިސްޓް ކާލި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ހާއްސަކޮށް އެ މައްސަލައިގައި ލެބޯޓްރީގެ ސޭފްޓީ ކަންކަން ބަލާ ފަރާތްތަކުގެ އިހުމާލެއް ވޭތޯ ދަނީ ބަލަމުންނެވެ.

ކިނބޫ އަންހެން މީހާ ކާލި މަންޒަރު ބައެއް މީހުންނަށް ފެނި، ސަލާމަތް ކުރަން އުޅުނު ކަމަށްވެސް ބައެއް މީހުން ބުނެފައިވާ އިރު، އަންހެން މީހާއަށް ކިނބުލުގެ ކިބައިން ސަލާމަތް ނުވެވުނީ ފުރަތަމަ ދަތް އެޅުމާއެކު ހޭނެތިގެން ކަމަށް މައުލޫމާތުތައް ބުނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނުރައްކާތެރި ގިނި ހިލައެއްގެ އޯބިޓަށް ނާސާގެ އުޅަނދެއް ވަދެއްޖެ

ސުވާދީބު

ފެން އުފުލާ ރީތި އަންހެނުން އަނެއްކާވެސް ތަފާތު ދައްކައިފި

ސުވާދީބު

އައިއެސް ޖަމާއަތުގެ ބަޔަކު، ޝާހީ އާއިލާގެ ކޭޓް މަރާލަން މަސައްކަތް ކުރަނީ

ސުވާދީބު
Share