web analytics
ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޯނުގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޯނުގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާ އިން ނަގާފައިވާ ލޯނު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އިބްރާހިމް އަމީރު ވިދާޅުވީ ލޯނުގެ ގޮތުގައި ކުރީ ސަރުކާރުން އެންމެ ގިނަ އިން ލޯނު ނަގާފައިވަނީ ޗައިނާ އިން ކަމަށެވެ.

“ޗައިނާ އިން ނަގާފައިވާ ލޯނުގެ ތެރެއިން މިހާތަނަށް [ދައުލަތަށް] ޑިސްބާސް ކޮށްފައިވަނީ (ދޫކޮށްފައިވަނީ) 857 މިލިއަން ޑޮލަރު. ފިނޭންސް މިނިސްޓްރީން މިހާތަނަށް ކޮންޓްރެކްޓް ކޮށްފައި އެބައިން 1.4 ބިލިއަން ޑޮލަރު،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ދަރަނި 2.8 ބިލިއަން ޑޮލަރުގައި މިހާރު ހުރި އިރު އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 53 ޕަސެންޓް ކަމަށެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރަންޖެހޭ ފައިސާގެ މިންވަރު 2.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޕާޗޭސް އޯޑަރުގެ ގޮތުގައި 428 މިލިއަން ރުފިޔާ އާއި އިންވޮއިސްގެ ގޮތުގައި 824 މިލިއަން ރުފިޔާ އާއި އާސަންދަ އަށް 103 ބިލިއަން ރުފިޔާ ދޭން ޖެހެ އެވެ. އަދި އެސްޓީއޯ އަށް 786 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހޯރަ އިއްބެ ދޫކުރުން އޯކޭ އެއް ނޫން، ތާއީދެއް ނުކުރަން: އީވާ

ސުވާދީބު

މާވަހަރެއް ހޮވަން ބޭނުންތަ؟

ސުވާދީބު

އެމްސީ ހަމީދަށް އެސިސްޓެންޓް ކޮމިޝަނަރުކަން ދީފި

ސުވާދީބު
Share