web analytics
ޙަބަރު

ކުރީގެ ރައީސް ޔާމީންގެ ރައުންޑް ފިގާގައި 7 ބިލިއަންގެ ތަފާތެއް!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދަރަނި ބޮޑުވި ކަމަށް ދައްކާ ވާހަކަ އަަށް އެމަނިކުފާނު އަބަދުވެސް ރައްދު ދެއްވަ އެވެ. އެކަމަކު ހަތް ބިލިއަން ރުފިޔާ މަދު ރައުންޑު ފިގާއެއް ވިދާޅުވުމުން އެތައް ބަޔަކު ހައިރާންވި އެވެ.

ރައުންޑް ފިގާއަކީ އަސްލު އަދަދަށް ވުރެ ތަންކޮޅެއް މަދު ނުވަތަ ގިނަ އަދަދަކަށް ވެދާނެ އެވެ. އެކަމަކު ކުރީގެ ސަރުކާރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުންނާނީ 40 ބިލިއަން ރުފިޔާގައި ކަމަށް ޔާމީން ވިދާޅުވި އިރު، އެމަނިކުފާނު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަންނަ އަހަރުގެ ބަޖެޓް ހުށައަޅުއްވަމުން ދެއްވި އަދަދަކީ 47 ބިލިއަން ރުފިޔާ އެވެ.

އާންމުންގެ ތެރެއަށް ނުނިކުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގައި ދަރަނީގެ މިންވަރު ވިދާޅުވި އިރު ބޮޑު ނިސްބަތެއް އުނިވިކަން ފާހަގަކުރެވިގެން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހަސަން ހުސެއިން ސުވާލު ދެންނެވުމުން، ޔާމީން ވިދާޅުވީ އެމަނިކުފާނު އަދަދުތައް ވިދާޅުވީ ރައުންޑް ފިގާއަކަށް ކަމަށެވެ.

ހަސަން ސުވާލުކުރީ ޔާމީންގެ ފިނޭންސް މިނިސްޓަރު މަޖިހަށް ހުށައެޅުއްވި އިރު ދަރަނި އޮތީ 47 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ވިދާޅުވީ “ފިނޭންސް މިނިސްޓަރު މަޖިލިހަށް ހުށައެޅުއްވި ފިގާ ވާނީ ސައްހަ ފިގާއަކަށް” ކަމަށެވެ. އޭގެ ފަހުން އެމަނިކުފާނުގެ ކުށް ރަނގަޅު ކުރެއްވުމުގެ ބަދަލުގައި ވިދާޅުވީ އަދަދުތައް ދެއްވަމުން ގެންދެވީ “ރައުންޑް ފިގާއަކަށް ދެއްތޯ” ކަމަށެވެ.

ދެން ވާހަކަފުޅު އަނބުރާލެއްވީ އެ މައުލޫއުގައި ދެއްކެވި ހުރިހާ ވާހަކައެއްގެ އަސްލު މުރާދާ ބެހޭ ގޮތުންނެވެ. އޭގެ މާނައަކީ ކުރީގެ ސަރުކާރުތަކުން ވާރުތަވި ދަރަނީގެ ބޮޑު ބައެއް އެމަނިކުފާނުގެ ސަރުކާރުން ދައްކާފައި އޮތުމާއި، މިދިއަ ފަސް އަހަރު ނެގި ދަރަނި ނިސްބަތުން ކުޑަކަން، އާންމުންނަށް ވިސްނައިދެއްވުމެވެ.

“އަޅުގަނޑުމެން ވެރިކަމަށް އައި އިރު ގާތްގަނޑަކަށް 30 ހާސް މިލިއަނޭ [30 ބިލިއަން ރުފިޔާ]. މިހާރު ބަދަލުވެގެން ދާއިރު ހަތް [ބިލިއަން] އިތުރުވާ ކަމަށް ވަންޏާ ތި އޮތީ 17 ބިލިއަން،” އެމަނިކުފާނު ފުރަތަމަ ވިދާޅުވި 40 ބިލިއަންގެ އަސްލު އަދަދަކީ 47 ބިލިއަން ކަމަށް ވަންޏާ އެއަށް ނިސްބަތްކޮށް، ނޫސްވެރިޔާއަށް ޖަވާބު ދެއްވި އެވެ. ދެން އިނގިރޭސި ބަހުން ސުވާލުކުރެއްވީ “އިޒު ދެޓް އަ ބިގް ޑީލް؟” މިހެންނެވެ.

މިހާރު ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމް ތަމްސީލްކުރައްވާ 23 މެމްބަރަކަށް، ޕްރައިމަރީއަކާ ނުލައި، އަންނަ އަހަރުގެ އިންތިހާބުން ޓިކެޓް ދިންކަން އިއުލާންކުރައްވަން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވި ގޮތުގައި ލޯނު ނަގައިގެން ކޮށްފައި ހުރި ތަރައްގީ އެންމެންނަށް ފެންނަން ވާނެ އެވެ.

ސުވާލުތަކަށް ދިއުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމްގެ ރައީސް ވިދާޅުވީ ލޯނު ނެންގެވީ 4 ޕަސެންޓްގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލިބެން ހުރުމުން ކަމަށެވެ. އެކަމަކު މިހާރު އެގޮތަށް ލޯނު ދޭ އިރު އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ނަގާފައިވާ ލޯނު ދައްކަމުން، ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރަށް ނުހިންގެންޏާ އެއީ މައްސަލައެއް ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޖޭޕީގެ އަސްލު ބާރު އޮތީ ކާކަށް؟

ސުވާދީބު

ސައްދާމް ހުސައިންގެ ފަހު ބަސް ދަރިކަނބަލުން އާއްމުކޮށްފި

ސުވާދީބު

ކުއްޔަށް ދިނުމާބެހޭ ބިލް ހަދަނީ ކުލި ކޮންޓްރޯލް ކުރާކަށް ނޫން: ހައުސިން މިނިސްޓަރު

ސުވާދީބު
Share