web analytics
ޙަބަރު

ކުއްލިއަކަށް އަދީބު ޖަލަށް ގެންދިއުމުން ސުވާލު އުފެދޭ – ފުއާދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެހެން ސިޔާސީ ލީޑަރުންނަށް ކުރެވުނު ޝަރީއަތްތައް މުރާޖަޢާ ކުރެވުނު ފަދައިން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ކުރެވުނު ޝަރީއަތްވެސް މުރާޖަޢާ ކުރަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ޓްވިޓަރ މެދުވެރިކުރައްވާ ފުއާދު ވިދާޅުވީ ކުއްލި ގޮތަކަށް އަދީބު ޖަލަށް ގެންދިއުމުން، އެކަމާމެދު ސުވާލު އުފެދޭކަމަށެވެ.

“އެހެން ލީޑަރުންގެ މައްސަލަތައް މުރާޖައާ ކުރެވުނު ފަދައިން އަޙުމަދު އަދީބުގެ ޝަރީއަތްތައްވެސް މުރާޖަޢާ ކުރެވެން ވާނެކަމަށް ދެކެން. ކުއްލި ގޮތަކަށް އޮނަރަބަލް އަދީބު ޖަލަށް ގެންދިއުމުން ސަުވާލު އުފެދޭ.” ފުއާދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އީސީގެ ކުރީގެ ރައީސް ވިދާޅުވީ އެންމެންނަށްވެސް އިންސާފު ހޯދައިދިނުމަކީ ސަރުކާރު އޮތުމުގެ ބޭނުންކަމަށެވެ.

ފުއާދު މިހެން ވިދާޅުވިއިރު، ގިނަ އަހަރުތަކަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ހުރި އަދީބު، ގޭބަންދަށް ބަދަލުކޮށްފައި ހުއްޓާ މި ހަފްތާ ތެރޭގައި ވަނީ އަލުން ޖަލު ބަންދަށް ބަދަލު ކޮށްފައެވެ. މިކަމާ ގުޅިގެން އަދީބުގެ އަނބިކަނބަލުން ނަޝްވާ ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ޑޮކްޓަރުގެ ލަފަޔާ ޚިލާފަށްކަމަށެވެ.

ހަމައެހެންމެ، އަދީބު ރައީސްކަން ކުރައްވާ އެމްޓީޑީ އިންވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެކައުންޓުގައި އެއްމިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ: ޔާމީން

ސުވާދީބު

އަދީބުގެ އެމްޓީޑީ އިލެކްޝަނުގައި ރަޖިސްޓްރީ ކޮށްދީފި

ސުވާދީބު

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް ފެއިލްކޮށްލާނަން – އަބްދުﷲ ރިޔާޒް

ސުވާދީބު
Share