web analytics
ކުޅިވަރު

ކެޓަގަރީގެ އެއް ވަނަ ހޯދައި ޝިފާޒް ގައުމީ މެރެތަން ރެކޯޑް މުގުރާލައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދުބާއީ މެރެތަންގައި މިއަދު ރާއްޖޭގެ ޝިފާޒް މުހައްމަދު 2 ގަޑި 32:53 މިނެޓުން ދުވެ، ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް، އޭނާގެ ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް މުގުރާލައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 2 ގަޑި 35:17 މިނެޓުން ދުވެގެން ހެދި ރެކޯޑް ޓައިމިން އަށް ވުރެ، 2:24 މިނެޓުގެ ކުރިއެރުމެކެވެ. މެރެތަން ރޭހެއްގައި، އެއީ ވަރަށް ބޮޑު އަވަސްވުމެކެވެ. މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގައި، އުމުރުފުރާގެ ކެޓަގަރީން އޭނާ އެއް ވަނަ ހޯދުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެކެވެ.

އެވަރުގެ ޓައިމިންއަކާ އެކު ޝިފާޒް ރެކޯޑް މި އާކުރީ އަމިއްލަ ގޮތުން ހޯދި ފުރުސަތެއްގައި ކެންޔާގައި ހެދި ތިން މަސް ދުވަހުގެ ތަމްރީންތަކަށް ފަހު އެވެ. އެއާ އެކު މި އަހަރަށް އޭނާ ކަނޑައެޅި ތިން ޓާގެޓުގެ ތެރެއިން ފުރަތަމަ ޓާގެޓް ހާސިލްވީ އެވެ.

އަނެއް ދެ ޓާގެޓަކީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުސަތު ލިބިއްޖެ ނަމަ ހާފް މެރެތަން އިވެންޓުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނުމާއި އެ އިވެންޓުން ގައުމީ ރެކޯޑް އާކުރުމެވެ. އެކަމަށް ތަމްރީނުގެ ފުރުސަތުތައް އެތުލެޓިކްސް އެސޯސިއޭޝަނުން ފޯރުކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ދާދި ފަހުން ޝިފާޒަށް ފޯނުން ގުޅުއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ މެރެތަން ރެކޯޑްތައް

މުގުރާނުލެވި 28 އަހަރު ވޭތުވި މެރެތަން ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ 2017 ވަނަ އަހަރު އަހުމަދު ޝަރަފެވެ. އެ ރެކޯޑް ޝިފާޒް އެންމެ ފުރަތަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި ދުވެގެންނެވެ. ދެ ވަނަ ފަހަރަށް މުގުރާލީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގަ އެވެ. ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި އެވެ.

މިދިޔަ އަހަރު އޭނާ ހާފް މެރެތަން ރެކޯޑް ވެސް ދެ ފަހަރު އާކުރި އެވެ. އެންމެ ފުރަތަމަ އާކުރީ މާޗު މަހު އޮތް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ރޭސް ނިންމައިގެންނެވެ. އަދި އެ ދުވުމުގެ ތެރެއިން އޭނާ 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހެދި އެވެ. ހާފް މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މޭ މަހު ނޭޕާލުގައި އޮތް ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެންނެވެ.

ރާއްޖޭގައި މިވަގުތު ހުރި ދިގު ރާސްތާ ދުވުމުގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ޝިފާޒުގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް އަމިއްލަ ގޮތުން ކުރި މަސައްކަތް ކަމަށް އެތުލެޓިކްސްގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެގޮތުން ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް 2017 އަހަރު ތަމްރީން ހަދައި އަދި ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“ނޭމާ އާއި އެމްބާޕޭ މަޑުކުރާނެ، 2000 ޕަސެންޓު ޔަގީން”

ސުވާދީބު

ނިއުރޭޑިއަންޓްގެ ކުރީގެ ޑިފެންޑަރ ނާޞިރު، އެކަޑެމީއެއް ހުޅުވައިފި

ސުވާދީބު

މޯދީއަށް “ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން” އަރުވަން ނިންމައިފި

ސުވާދީބު
Share