web analytics
މުހައްމަދު ބުޝްރީ

ޒުވާނުންގެ އެކުވެރި ނާޒާ ދާއިރާގެ އަޑު އުފުލުމަށް ތެދުވެއްޖެ. ނުވިކޭނަން ނުވެސް ގަނެވޭނެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ލިއުނީ: ސާބޭ

ލޯކަލް ކައުންސިލް  އިންތިހާބްގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ، ކެންޑިޑޭޓް އަހްމަދު އަހުމަދު ނާޒިމް (ނާޒާ)، އައްޑޫސިޓީއާ މެދު ދެކޭ ތަސައްވަރު ވަރަށްވެސް ފުރިހަމައެވެ. ނާޒާ ހާމަކުރާ ގޮތުގައި އެއްވެސް ކެންޑީޑޭޓެއްގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ދާއިރާއަށް މާބޮޑު ތަރައްޤީއެއް ނުގެނެވޭނެއެވެ. ނަމަވެސް އެއިރެއްގައި އޮތް ސަރުކާރަކާ ޖެހިނުގަނެ، ސަރުކާރާވެސް ގުޅިގެން، އަދި ރައްޔިތުންގެ ހައްޤުގައި އާދެސް ކުރަން ޖެހިއްޖެ ހާލަތެއްގައި އާދޭސްވެސް ކޮށްގެން ނާޒާ ގެ ތަސައްވަރު ހަޤީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ނާޒާގެ ވިސްނުމެވެ. ތިރީގައި މިވަނީ އަހުމަދު ނާޒިމް (ނާޒާ) ތަސައްވަރުގެ ހުލާސާ އެކެވެ:

އެގޮތުން ނާޒާ އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއްދުވަހަކީ އައްޑޫ ސިޓީގެ ހުރިހާ ރަށެއް އެއްފަސް ކުރުމުގެ ގޮތުން ހިތަދޫ އިން މީދޫއަށް ބްރިޖަކުން ގުޅާލާ ދުވަހެވެ. ނާޒާ ޤަބޫލް ކުރާ ގޮތުގައި ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުކޮށް، ސިނަމާލެ ބްރިޖަށް ވުރެ ކުޑަ ބަޖެޓަކުން ހިތަދޫ-މީދޫ ބްރިޖް އެޅިދާނެއެވެ. އަހުމަދު ނާޒިމް ނާޒާއަށް ލޯކަލް ކައުންސިލް  އިންތިހާބްގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ތިޔަ ލޮބުވެތި ރައްޔިތުން ތާއިދުކޮއް  ދެކުނު ދާއިރާގެ ކައުންސިލް ގޮނޑިއަށް ދާއިރާގެ ރައްޔިތުން އިންތިހާބު ކޮއްފިނަމަ އެންމެ ބޮޑަށް ވަކާލާތު ކުރާނެ އެއް ކަމަކީ ހިތަދޫ-މީދޫ ބްރިޖުގެ މަޝްރޫއެވެ. މިބްރިޖަކީ މައިގަނޑުގޮތެއްގައި ހިތަދޫ ފަޅުތެރެއިން، ފަރު މަތިން ބިން ހިއްކައިގެން އެޅޭނެ ބްރިޖެކެވެ. ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ޖެހޭނި ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެއީ ކަނޑިހެރަގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އެކަންޏެވެ. ބްރިޖްގެ އަނެއްބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާ ހައިވޭ އެކެވެ.

ބްރިޖްގެ މިމަޝްރޫއާއި އެކުއެކީގަ މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރ ބަނަދަރެއް ހަދައި، ހިއްކި ބިމުގައި ރިސޯރޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީ ތައް ހެދުމަކީ އަހުމަދު ނާޒިމް ނާޒާގެ ދެވަނަ ތަސައްވުރެވެ. މިތަނުގެ ބިން ހިއްކުމާއި، ކޮންޓެއިނަރ ބަނދަރު ހެދުމާއި، ބްރިޖް އެޅުމަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ބީލަމަށް ލައިގެން އަމިއްލަ ފަރާތެއްލައްވާ ތަރައްޤީ ކުރެވިދާނެ މަޝްރޫއު ތަކެއްކަމަށް އަހުމަދު ނާޒިމް ނާޒާ ޤަބޫލް ކުރެއެވެ. ދައުލަތުން ހަރަދެއް ނުގޮހެވެ. މިކަން ހަޤީގަތަކަށް ހެދުމަށްޓަކައި މިނިސްޓަރުން އަރިހަށް ގޮސް އާދޭސް ދަންނަވައި، ރައީސް އަރިހަށް ގޮސް އާދޭސް ދަންނަވައި، އަދި ކަމާ ގުޅޭ އެހެނިހެން މުއައްސަސާތަކަށް ގޮސް އާދޭސްކޮށް، އަދި ބޭރުގެ އިންވެސްޓަރުން ގެނެސް ސަރުކާރާ ގުޅުވައިދީގެން ވިއަސް މިކަން ކުރުވަން ބާރުއެޅުމުގެ ވިސްނުން އަހުމަދު ނާޒިމް ނާޒާގެ އެބަހުއްޓެވެ.

 

ނާޒާގެ ތިންވަނަ ތަސައްވުރަކީ އައްޑޫގެ ރަށްރަށު މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމެވެ. މިތެއް ކިލޯމީޓަރެއް ނޫނެވެ. ހުރިހާ މަގެކެވެ. ހަންޏެއް ފުޅަލެއް ބެލުމެއްނެތި އައްޑޫސިޓީގެ ހުރިހާ މަގުތަކުގައި ތާރު އެޅުމަކީ ސަރުކާރާ ގުޅިގެން، އަދި އައްޑޫސިޓީ ކައުންސިލާ ގުޅިގެން، ބޭރުގެ ކޮންޓްރެކްޓަރ ފައިނޭސްވެސް ބޭނުންކޮށްގެން ކުރެވިދާނެ ކަމެއް ކަމަށް ނާޒާދެކެއެވެ. އައްޑޫސިޓީގެ ގަމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ތާރުއެޅި މަގުތައް ހުރި ރަށް ކަމަށްވެފައި އައްޑޫސިޓީގެ އެއްވެސް ރަށެއްގެ އެއްވެސް މަގަކީ ތާރުއެޅުމުގެ ތަރައްޤީއިން މަހްރޫމް ވާން ޖެހޭ މަގެއްނޫން ކަމަށް ނާޒާ ދެކެއެވެ.

ލޯކަލް ކައުންސިލް  އިންތިހާބްގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ، ކެންޑިޑޭޓް އަހްމަދު އަހުމަދު ނާޒިމް ނާޒާގެ ހަތަރު ވަނަ ތަސައްވުރަކީ އައްޑޫސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫގައި، މަދުވެގެން 2000 މިހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރުމެވެ. މި އިސްލާމީ މަރުކަޒުގައި އިސްލާމިކް ލައިބްރަރީ އަކާއި، ޤުރުއާނާ ބެހޭ މަރުކަޒެއްވެސް ހިމެނޭނެއެވެ. އަދި މާލޭގެ އިސްލާމީ މަރުކަޒުގައިވާފަދަ ކޮންފަރެންސް ހޯލެއްވެސް މިތަނުގައި ވާނެއެވެ.

ލޯކަލް ކައުންސިލް  އިންތިހާބްގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ، ކެންޑިޑޭޓް އަހުމަދު ނާޒިމް ނާޒާގެ އަހްމަދު ފަސް ވަނަ ވައުދަކީ ނުވަތަ ތަސައްވުރަކީ، އަތޮޅުގެ ޒުވާނުން މަސްތުވާ ހިކި ތަކެއްޗާއި ދިޔާ ތަކެތިން ސަލާމަތްކޮށް ދިނުމަށް ޓަކައި ޒަމާނީ ފެންވަރުގެ ރީހެބިލިޓޭޝަން ސެންޓަރެއް އައްޑޫސިޓީގައި ތަރައްޤީ ކުރުމެވެ. މި ރިހެބިލިޓޭޝަން ސެންޓަރ ވާންޖެހޭނީ ސަރަހައްދީ ފެންވަރުގެވެސް ފާހަގަކޮށްލެވޭފަދަ ޒަމާނީ ވަސީލަތްތައް ހުރި ތަނަކަށެވެ. އަދި އެތަނުން ފަރުވާ ހޯދަން މާލެސިޓީ އާއި ރާއްޖޭގެ އެހެން އަތޮޅުތަކުން މީހުން އަންނަ ވަރުގެ ފެންވަރު ރަގަޅު ސެންޓަރަކަށެވެ.

ނާޒާގެ  ހަވަނަ ވައުދަކީ އެއް އިމާރާތަކުން، ފަސޭހަ ކަމާއި އެކު އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަބުރީގެ އުސް އޮފީސް އިމާރާތެއް އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް ބިމުގައި ހަދައި ތަރައްޤީ ކުރުމެވެ. މި އޮފީސް އިމާރާތުގެ ނަމަކަށް އަހުމަދު ނާޒިމް ނާޒާ ހުށަހަޅަނީ “މާރަނގަ އޮފީސް ކޮމްޕްލެކްސް” އެވެ!

އަހުމަދު ނާޒިމް (ނާޒާގެ ހަތްވަނަ ވައުދަކީ އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް، ކަނަޑަށް ޖައްސާ މަތިންދާ ބޯޓުގެ ސީޕްލޭން ބޭސް އެއް ގަމުގައި ތަރައްޤީކޮށް، އައްޑޫސިޓީ އާއި ފުއައްމުލަކާއި ހުވަދޫގެ ރިސޯރޓްތައް  ސީޕްލޭން ވިއުގަ އަކުން ގުޅާލުމެވެ. މީގެ އިތުރުން ގަން އެއެއަރޕޯރޓްގައި ޒަމާނީ ފެންވަރުގެ އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި އެއަރޕޯރޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހެދުމަކީވެސް އަހްމަދު ނާޒިމް ނާޒާ ގަމަށާއި އައްޑޫސިޓީއަށް ކުރާ ތަސައްވަރުގެ ބައެކެވެ. މިގޮތަށް ގަން ތަރައްޤީވެ ނިމޭއިރު ދުވާލަކު މަދުވެގެން ބައިނަލްއަޤްވާމީ ޝެޑިއުލް ފަސް ފްލައިޓް ގަމަށް ޖެއްސޭވަރަށް ގަން ތަރައްޤިކުރުމަށް ސަރުކާރަށް ބާރުއެޅުމަކީ އަހްމަދު ނާޒިމްގެ ތަސައްވަރުގެ ބައެކެވެ.

ގަމަށް ގެނައުމަށް އަހްމަދު ނާޒިމް ބާރުއަޅާ ތަރައްޤީގެ ތެރޭގައި ގަމުގައި ތަފާތު ތިން ފެންވަރުގެ ތިން ހޮޓާ ތަރައްޤީ ކުރުން ހިމެނެއެވެ. އަދި ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލް އެއް ގަމުގައި ހެދުމަކީވެސް ނާޒާ ބާރުއަޅާނެ ކަމެކެވެ. އަދި އަގުހެޔޮކޮށް ދަތުރުކުރާ ފަތުރުވެރީންނަށާއި އެތެރޭގެ ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށްގެން 3 ތަރީގެ ހޮޓަލެއްގެ ގޮތުގައި ގަމުގެ ދޫގެސް ތަރައްޤިކޮށް، އެތަން “ގޭން ބެކްޕެކާރސް މެރިނާ ހޮޓެލް”، މި ތީމަށް ތަރައްޤީ ކުރުމަކީ ނާޒާގެ ތަސައްވުރެކެވެ.

މިހާރު ގަމުގައި ހިންގަމުންދާ ފްލައިންގް ސްކޫލްގެ ބަދަލުގައި ޒަމާނީ ފެންވަރުގެ

އެއަރކްރާފްޓް އިންޖިނއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއް، ކެމްޕަސް އެކަމަޑޭޝަންއާއި އެކު، ގަމުގައި ތަރައްޤީ ކުރުމަކީވެސް ނާޒާ ބާރުއަޅާނެ ތަސައްވުރެކެވެ.

 

1

އަހްމަދު ނާޒިމް ނާޒާގެ ދިހަ ވަނަ ވައުދަކީ އައްޑޫ ސިޓީގެ ހިތަދޫއާއި މީދޫ ފަޅު ގުޅޭ ސަރަހައްދުގައި ބިންހިއްކައިގެން ތަރައްޤީ ކުރާ ސަރަހައްދުގައި ހެދޭ ކޮންޓެއިނަރ ބަނދަރު ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނަދަރަކަށް ކުރިމަގުގައި ބަދަލު ކުރުމެވެ. އައްޑޫ މިއޮތް ސަރަހައްދަކީ ގިނައަދަދަކަށް ބައިނަލްއަޤްވާމީ ކޮންޓެއިނަރ ބޯޓު ދަތުރުކުރާ ސަރަހައްދަކަށް ވުމުން މި ދެންނެވި ޓްރާންސްޝިޕްޕެނޓް ބަނދަރާ އިންވެގެން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ހިދުމަތްދެވޭ ފެނަވަރުގެ ޑްރައިޑޮކިން ނުވަތަ ބޯޓު އެހެލައިގެން މަރާމާތު ކުރެވޭ ތަނެއް ތަރައްޤީ ކުރުމަކީ ވެސް ނާޒާގެ ތަސައްވަރެކެވެ

.

ނާޒާގެ އެގާރަވަނަ ވައުދަކީ އެމް.އާރ.އައި އަދި ސީ.ޓީ.ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދްމަތްތަކާއި، ޒަމާނީ ޑެންޓަލް ހިދުމަތާއި، ކެންސަރު ބައްޔާއި ކީޑްނީބަލި އަދި ޑައިބެޓިކްސްގެ އެންމެ ޒަމާނީ ފަރުވާ އާއި ހަމުގެ ޒަމާނީ ފަރުވާ ފަދަ ހިދުމަތްތައް ހިމެނޭގޮތަށް އައްޑޫ ސިޓީގައި ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމެވެ. މިދެންނެވި ހޮސްޕިޓަލް ކަމުގައި ވެގެންދާނީ މިހާރު  ކޮންވެންޝަން ސެންޓަރގައި ތަރައްގީ ކުރެވެމުންދާ ހޮސްޕިޓަލެވެ. މިތަނުގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި ޕެރަމެޑިކްސް އާއި އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ލިބެން ހުރުމަކީ ނާޒާގެ ތަސައަވުރެކެވެ. ހަމަ އެފަދައިން ހިތަރޫ ރީޖަނަލް ހޮސްޕިޓަލް (އެޗް. އާރ.އެޗް) ޕްރައިވެޓައިޒްކޮށް އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ފަދަ އަމިއްލަ ކުންފުންޏަކުން ހިންގާގޮތަށް ދުކޮށްލުމަކީވެސް ނާޒާގެ ތަސައްވުރެކެވެ.

 

އަހްމަދު ނާޒިމްގެ ބާރަވަނަ ވައުދަކީ ޒަމާނީ، ފުރިހަމަ ސްޕޯރޓްސް އެރީނާ އެއް އައްޑޫސިޓީގައި ތަރައްޤީކުރުމެވެ. މި ސްޕޯރޓްސް އެރީނާގައި ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑުތަކާއި، ޖިމް އާއި، ބޭރުގެ ފްޓްބޯޅަ ޓީމްތަކަށް ކޭމްޕް ކުރެވޭފަދަ އެކަމަޑޭޝަން އާއި ފެސިލިޓީތައް ހުންނާނެއެވެ. އަދި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި “ސްވިމިންގ ޕޫލް ކޮމްޕްލެކްސް” އެއް ވެސް  މިތާގައި ހުރުމަކީ ނާޒާގެ ތަސައްވަރެކެވެ.

އަހްމަދު ނާޒިމްގެ ތޭރަވަނަ ވައުދަކީ އައްޑުސީޓީގެ ފޭދޫގައި އޯޕަން އެއާ އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއް ހިމެނޭގޮތަށް މުނިފޫހިފިލުވުމގެ ސްޓޭޑިއާއެއް ހަދާ، ބޭރުގެ ޝޯތައްވެސް އަދި މާލޭގެ ފަންނާނުންގެ ޝޯތައްވެސް މިތާގައި ބޭއްވިގެން ދިއުމެވެ. އަދި މި އެންޓަރޓެއިންމެންޓް ސެންޓަރާ އިންވެގެން ސަރަހައްދީ ފެންވަރުގެ ޝޮޕިންގް މޯލްއެއްވެސް ބިނާކުރުމަކީވެސް ނާޒާގެ ތަސައްވުރެކެވެ.

އަހްމަދު ނާޒިމްގެ ސާދަވަނަ ވައުދަކީ ލޯކަލް ޓުރިޒަމަށް ހާއްސަކޮށް އައްޑޫގެ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް،  “ދިވެހި ރިސޯރޓެއް” އައްޑޫގައި ތަރައްޤީ ކުރުމެވެ.  އެތަން ވާނީ ދިވެހީންނާއި ބިދޭސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓި ހޭދަ ކުރެވޭ ގޮތަށް އައްޑޫސިޓި ގައި ދެތަރީގެ ފެންވަރަށް ހަދާ 50 ކޮޓަރީގެ “ދިވެހި ރިސޯރޓް” އަކަށެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް އަދި ވޯޓަރ ސްޕޯރޓްސް އާއި ޑައިވިންގް ސެނެޓަރެއްވެސް ހުންނާނެއެވެ.

ނާޒާގެ ތަސައްވުރުގެތެރޭގައި އައްޑޫ ސިޓީއަށް މަދުވެގެން 8000 ޓޫރިސްޓް އެނދު ނުވަތަ 4000 ޓުރިސްޓް ކޮޓަރި އިތުރު ކުރުން ހިމެނެއެވެ. އޭގެ ތެރޭގައި “ހަންކެޑެ” ސަރަހައްދުގައި 200 ކޮޓަރީގެ ރިސޯރޓަކާއި، ހެރެތެރެގެ ދެކުނުން އެރަށާ އެއްފަޅެއްގައި އޮތް “މުލިކެޑެ” ގައި 300 ކޮޓަރީގެ ރިސޯރޓެއް ހެދުމަކީ ނާޒާގެ ތަސައްވަރެކެވެ.  ރިސޯރޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަން ތަރައްޤީ ކޮށް އައްޑުސިޓީ އަށް 4000 ޓޫރިސްޓް ކޮޓަރި އިތުރު ކުރާނީ، ނާޒާގެ ތަސައްވުރުގައި ވާ ގޮތުން އައްޑޫގައި މިހާރު ހުރި ކަނޑިހެރެ، މުލިކެޑެ ފަދަ ރައްތަކުގެ އިތުރުން ފަޅުން ބިން ހިއްކައިގެން ނެވެ. 4000 ކޮޓަރި އިތުރު ކުރުމުގެ ގޮތުން އައްޑޫސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި “ޓޫރިޒަމް ޒޯން” ތަކެއް ކަނޑަ އަޅައި، އެޒޯން ތަކުގައި ވެލިއަޅައިގެން ބީޗް ހަދައި، ހޮޓެލް، ގެސްޓް ހައުސް، މެރީނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކުރާނީ ގަމުގެ ވައިގެ ބަނދަރާއި ގަމުގައިވާ ސީޕްލޭން ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ވާނެ ފަދަ ގޮތަކަސް ކަމަށް ނާޒާ ދެކެއެވެ. މީގެ އިތުރުން މާހެރެ، ކޯހެރެ، ދީރޮނޑި ފަދަ، ހިތަދޫ ފަޅުތެރޭގައިވާ ރަށްރަށް ލަކުޑި ފާލަންތަކަކުން ގުޅާލާ، ބެޓެރިން އޮޕަރޭޓްކުރާ ބަގީ ކާރުގައި އެރަށްތަކުގެ ދެމެދު ދަތުރުކުރެވޭގޮތަށް ހަދައި އެރަށްތަކަކީ އާދަޔާ ހިލާފް ތަފާތު ގެސްޓް ހައުސް ސަރަހައްގެއްގެ ގޮތުގައި ތަރައްޤި ކުރުމަކީ ވެސް ނާޒާގެ ތަސައްވަރެކެވެ. އަދި ކައުންސިލާ ވާހަކަ ދައްކައިގެން އައްޑޫގެ ކޮންމެ ރައްޔިތަކަށް އައްޑޫސިޓީއިން މަދުވެގެން އެއްހާސް އަކަފޫޓުގެ ބިމެއް ލިބޭނެގޮތް ހަމަޖެއްސުމަށް، އެކަމަށް ބާރުއެޅުމަކީވެސް ނާޒާގެ ތަސައްވަރެކެވެ.

ނާޒާ ލޯކަލް ކައުންސިލް  އިންތިހާބްގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލް މެބަރުކަމަށް ހޮވިއްޖެނަމަ ރައީސުލް ޖުމްހުރިއްޔާ އާއި މިނިސްޓަރުން އަރިހު އާދޭސް ދަނަނަވައިގެން، އަދި މުއައްސަސާތަކުގެ ކުރިމަތީ ޓެންޓް ޖަހައިގެން ރޭކުރަން ޖެހުނަސް، މަތީގަވާ ކަނަތައްތަކަށް ބާރުއަޅައި އައްޑޫ ސިޓީ ރައްޔިތުންނަށް ހައްޤު މިންވަރަށް އައްޑު ތަރައްޤި ކޮސްދިނުމަށް ބާރުއެޅުމަށް އަހްމަދު  ނާޒިމް ނާޒާ  ވައުދުވެއެވެ. ކުރިމަގު އިހްތިޔާރު ކުރުމުގެ ބާރު އޮތީ ދާއިރާގެ ރައްޔިތުންގެ އަތުގައެވެ.

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އައްޑޫސިޓީ ގައި އަޅާ “ރައީސް ނަޝީދް ބްރިޖް”

ސުވާދީބު

ރައީސް ނަޝީދުގެ ގޮތް ނޭނގޭ އައްޑޫ ދަތުރުފުޅު!

ސުވާދީބު

ޤައުމަށް ސަލާމަތްކަން ހޯދޭނެ ހަމައެކަނި ފޯރމިއުލާ!

ސުވާދީބު
Share