ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މަޝްހޫރު ޓީވީ ޝޯ ކޮފީ ވިތް ކަރަންގެ ހަވަނަ ސީޒަންގެ ފައިނަލް އެޕިސޯޑުގައި ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްރާ އާއި ކަރީނާ ކަޕޫރު ހާނެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދޭ އެޝޯއަކީ ސްޓާ ވޯލްޑް އިން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތައް ދައްކާ ޝޯއެކެވެ. އެގޮތުން އެ ޝޯގެ ހަވަނަ ސީޒަން މިހާރު ފަށާފައިވާއިރު އެޝޯގެ ގިނަ އެޕިސޯޑުތައް މިހާރު ވަނީ ދައްކާފައެވެ.
ޝޯ ނިމުމަކާ ހަމައަށް މިހާރު އަންނައިރު އެޝޯގެ ފައިނަލް އެފިސޯޑު ޝޫޓުކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝޯތެރޭގައި ޕްރިޔަންކާ އޭނާގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާނެއެވެ. އަދި ކަރީނާ އޭނާގެ ދެއަހަރުގެ ދަރިފުޅު ތައިވުރުގެ ވާހަކަ ދައްކާނެއެވެ. ޕްރިޔަންކާ އާއި ކަރިނާ ވަނީ މީގެ ކުރިން ފިލްމު ‘އޭތުރާޒް’ އަދި ‘ޑޯން’ އިން އެކުގައި ފެނިފައެވެ.
ޝޯގެ ފުރަތަމަ އެޕިސޯޑަށް ދީޕިކާ ޕަޑުކޯނާ އެކު އާލިއާ ބަޓު ފެނިގެން ދިޔައިރު ދެވަނަ ޝޯގައި ފެނިގެން ދިޔައީ ރަންވީރް ސިންގް އާއި އަކްޝޭ ކުމާރެވެ. އެއަށްފަހު އާމިރުހާނު އެކަނި ފެނިގެންދާއިރު އާމިރު ހާނަށް ފަހު އަރުޖުން ކަޕޫރާއި ޖާންވީ، ސައިފް އަލީ ހާނާއި ސާރާ އަލީ ހާން، ފެނިގެން ގޮސްފައި ވެއެވެ. އަދި މިހާރު އިސްތިހާރުތަކުން ދައްކާގޮތުގައި ދެން ފެނިގެންދާނީ ވިކީ ކައިޝަލާއި އަޔުޝްމަން އެވެ.
މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި އެޝޯގެ ފައިނަލް އެޕިސޯޑުން ފެނިގެންދާނީ ޝާހު ރުކް ހާނާއި ރަންބީރު ކަޕޫރެވެ. ކޮފީ ވިތު ކަރަން އަކީ 2014 ވަނަ އަހަރު ފަށާފައިވާ ޝޯއެކެވެ.
Facebook Comments