web analytics
ޕްރައިމަރީ

ކޯލިޝަން ދަމަހައްޓަން ރައީސް އާއިއެކު ހުންނާނަން – މައުމޫން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ވެރިކަންކުރާ ކޯލިޝަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއިއެކު ދެމިހުންނަވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައި ވަނީ ކޯލިޝަން އެއްބަސްވުމަށް އިހްތިރާމް ކުރުމެއް ނެތި ރައްޔިތުން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީ އިން ނިންމުމުން ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.

ކޯލިޝަންގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޞާލިހް މިއަދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ އެއް ބައިވެރިއެއްގެ ހައިސިއްޔަތުން އެމްއާރްއެމް އިން ކޯލިޝަން ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރާނަން ކަމަށެވެ.

“ރާއްޖޭގައި ޤާނޫނު ތަންފީޒުކޮށް ހެޔޮވެރިކަމެއް ކުރުމަށް ރައީސް ޞާލިހަށް އެއްބާރުލުން ދޭނަން.” މައުމޫން ވިދާޅުވިއެވެ.

ކޯލިޝަން ދަމަހައްޓާ ރައީސް ޞާލިހާއި އެކު ހުންނާނަން ކަމަށް މައުމޫން ވިދާޅުވިއިރު ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތައް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ޞާލިހް މިއަދު ވެސް ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރަން އެމްޑީޕީ ގައުމީ މަޖިލީހުގެ ތާއިދު ހޯދަން ރައީސް ޞާލިހް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

އަންނަ އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ބައިވެރިން ގުޅިގެން އިންތިޚާބަށް ނިކުތުން އެއީ ވާނެކަމެއް ނޫންކަން މިހާރު ގާތްގަނޑަކަށް ޔަގީނެވެ. އެއީ އެމްޑީޕީ އިން 86 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން މިހާރު ކަނޑައަޅާފައި ވާތީއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައްޔިތުން ޖޫރިމަނާކޮށްގެން ދައުލަތައް އާމްދަނީ ހޯދުން، އިންސާފެއްބާ؟

ސުވާދީބު

ގޮޅިތެރެއަށް ވެއްޓުމުން އަދީބު އެމަޖެންސީގައި މާލެއަށް

ސުވާދީބު

އެމްޑީޕީ ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާއެއް ނުދެވޭނެ – ނަޝީދ

ސުވާދީބު
Share