web analytics
ވިޔަފާރި

ކޯލްގޭޓް ދަތް އުނގުޅާ ބޭހުގެ ބާވަތަކުން ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެއް ފެނިއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދުނިޔޭގެ އެންމެ މަޝްހޫރު، ދަތް އުނގުޅުމަށް ބޭނުންކުރާ ބޭހަކީ ކޯލްގޭޓް ޓޯޓަލްއެވެ.ނަމަވެސް ދިރާސާކުރާ ފަރާއްތަކުން މިވަނީ ކޯލްގޭޓް ދަތް އުނގުޅާ ބޭހުން ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެއް ހުންނަކަން ހާމަކޮށްދީފައެވެ. ނުރައްކާތެރި މި ކެމިކަލަކީ ޓްރައިކްލޯސަންއޭ ކިޔާ އަދި ސެންޓާއި ފާހާނާ ސާފުކުރަން ބޭނުންކުރާ ތަކެތީގައިވެސް ހުންނަ ކެމިކަލެކެވެ. މިއީ ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ ކެމިކަލަކަށް ވުމުން މި ބާވަތުގެ އެންމެ ގިނައިން ގެންގުޅެނީ ތަންތަން ސާފުކުރާ އެއްޗެހީގައެވެ.

ޖާނަލް ކެމިކަލް ރިސާޗް އާއި ޓޮކިކޮލޮޖިސްޓުން ނެރުނު ބަޔާނެއްގައި ވާގޮތުން މި ބާވަތުގެ ކެމިކަލުން ކެންސަރުޖައްސާ ސެލްތައް އުފައްދައެވެ. މި ދިރާސާތަކުގެ އިތުރުން އިތުރު އެހެން ދިރާސާތަކުންވެސް މި ބާވަތުގެ ކެމިކަލް ބޭނުންކުރުމުން އިތުރު އެހެން ބަލިތައް ޖައްސާނޭކަމަށް ވަނީ އެނގިފައެވެ.

މި ކެމިކަލުން ދިމާވާ އަނެއް މައްސަލައަކީ  ހަންގަނޑުގައި މި ކެމިކަލް ޖެހުމުން ހަށިގަނޑަށް ވަދެ ހަށިގަނޑުގެ ހޯމޯންސްއާ ކުޅޭކަމެވެ.އަދި 2008 ވަނަ އަހަރުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޓްރައިކްލޯސަން އަޅާފައި ހުންނަ ބޭސް ބޭނުންކުރާ 75% އިންސައްތަ މީހުންގެ ކުޑަކަމުދާ ތަކެތީގައި މި ކެމިކަލް އެކުލެވެއެވެ. ރަނގަޅު ސިއްޙަތެއްގައި ވުމަށް މިކަންތަކަށް ސަމާލުވުން ވަރަށް މުހިއްމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި

ސުވާދީބު

ދިރާގުގެ ހިދްމަތުގެ އަޕްގްރޭޑު: ކަސްޓަމަރުންނަށް ބޮޑު ބޮލު ރިހުމަކަށް!

ސުވާދީބު

ބަރެސްދޫ މަޝްރޫއުގައި ވެސް ބޮޑު ކޮރަޕްޝަނެއް، ތަހުގީގު ކުރަނީ!

ދިވެހި ޕޯސްޓް
Share