ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އާންމު ގޮތެއްގައި ޗައިނާގެ ކުންފުނިތަކަކީ މުވައްޒަފުންނަށް ވަރަށް ރަނގަޅު ބައެކެވެ. ރަނގަޅު މުވައްޒަފުންނަށް އަބަދުވެސް އެންމެ ރަނގަޅުކޮށް ހިތާ ޗައިނާ ކުންފުނިތަކުން އަބަދުވެސް ކޮންމެ އަހަރަކު މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި ބޮޑު އަދަދެއް ދެއެވެ.
މިފަހަރުވެސް ބައެއް ކުންފުނިތަކުން އަހަރީ ބޯނަސްގެ ފައިސާތައް ބަހަން ފަށައިފިއެވެ. އެގޮތުން ޗައިނާގެ ކުންފުންޏަކުން އެ މީހުންގެ މުވައްޒަފުންނަށް ހާއްސަކޮށް ބަހަން ނިންމާފައިވާ 44 މިލިއަން ޑޮލަރަށްވާ އެގައުމުގެ ފައިސާ، ޔުއާންއެވެ.
އެ ފައިސާތައް މުވައްޒަފުންނަށް ބެހުމުގެ ކުރިން އެ ފައިސާތައް އެއްކޮށްލައިގެން ހެދީ ފައިސާގެ ފަރުބަދައެކެވެ. އެ ފައިސާ ފަރުބަދައިގެ ފޮޓޯތައް ނަގާ މީސް މީޑިއާއަށްވެސް ވަނީ ލާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ކުންފުނީގައި 5000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. އޭގެން ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެ ގޮތުގައި، 8833.27 ޑޮލަރަށްވާ ޔުއަން ލިބޭނެއެވެ.
އެ ކުންފުނީގެ މުވައްޒަފަކު އެ ލިބުނީ ބޯނަސްގެ ގޮތުގައި، ވަރަށް ބޮޑު އަދަދެއް ކަމަށާއި، އެފައިސާތައް ހޭދަކުރާނީ ކިހިނެއްކަންވެސް ބުނެދޭން ނޭގޭ ކަމަށެވެ.
Facebook Comments