ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އެމްއާރްޑީސީ)ގެ 709 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ ގެއްދާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެއެވެ.
“ޑީޕީ” އަށް މައުލޫމާތު ދެއްވަމުން ނަން ހާމަ ކުރަން ބޭނުން ނުވާ އެކުންފުނީގެ މުވައްޒަފަކު ބުނީ އެމްއާރްޑީސީން ޕަބްލިކް ވޯކްސް އަށް ބަދަލުވި މުވައްޒަފަކު ބުނީ ސަރުކާރުގެ އިސްވެރިން އަބަދުވެސް ވިދާޅުވަމުންދަނީ ދެރަގޮތެއް ނުވާނެ ކަމަށެވެ.
” ސަރުކާރުން ބުނެފައި އޮތީ މުވައްޒަފުންގެ އެއްބަސްވުން ހަމަވުމުގެ ކުރިން އިތުރު ތިން އަހަރަށް ސޮއިކުރާނެ ކަމަށް, އެހެން ކިޔަމުންދާތާ އެއް އަހަރު މި ވަނީ , ވަޒީފާގެ ޔަގީންކަން ހޯދުމަށް އެތައް ފަހަރެއްގެ މަތިން ކުރީގެ ސަރުކާރުގެ އިސްވެރިންނާ އެމްއާރްޑީސީގެ މުވައްޒަފުން އެކި ފަހަރު މަތިން ބައްދަލުކޮށްފިން ” އޭނާ ބުނިއެވެ.
709 މުވައްޒަފުންވެސް ކޮންޓްރެކްޓް ހަމަވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހަށެވެ. އެއްބަސްވުމެއްގެ ދަށުން މުވައްޒަފުން މަސައްކަތްތައް ބަދަލުވެގެން ދިޔައީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
މި އަހަރުގެ ޖެނުއަރީ މަހު އެމްއާރްޑީސީ އުވާލާ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި 709 މުވައްޒަފުން ބަދަލުކޮށްފައިވެ އެވެ. އެއީ 463 ދިވެހި މުވައްޒަފުންނާއި 246 ބިދޭސީ މުވައްޒަފުންނެވެ.
އެމްއާރުޑީސީގެ މުވައްޒަފު ބުނި ގޮތުގައި މި މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ޕެޓިޝަނެއް ވެސް ވަނީ ފޮނުވާފަ އެވެ. އަދި މިހާރުގެ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމްގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާ ވެސް ބައްދަލު ކުރި ކަމަށެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ. ނަމަވެސް މީގެ ކުރިން މުލީއާގޭގެ 25 އަށް ވުރެ ގިނަ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކޮށްފައި ވެއެވެ. އަދި ސްޓެލްކޯގެ ޕީޕީއެމް މެންބަރުންތަކެއް ވަޒީފާ އަދާކުރާ ރަށް ބަދަލުކޮށްފައި ވެއެވެ.
Facebook Comments