web analytics
ޙަބަރު

އަންހެނުންނަށް ކުރާ އަނިޔާއަށް ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ޕޮލިސީއެއް: ރައީސް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަންހެނުންނަށް ކުރާ އަނިޔާ އަށް ގެންގުޅުއްވާނީ ޒީރޯ ޓޮލެރަންސް ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ އެކި ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށްޓަކައި މުޅި ދުނިޔޭގައި 16 ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ނޮވެމްބަރު 25 އިން ފެށިގެންނެވެ.

އެފްޕީއޭ އިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެކި މައްސަލަތަކާ ގުޅޭ ގޮތުން އެކި ދާއިރާތަކުގެ ބޭފުޅުން ވާހަކަ ދައްކަވާފައި ވެ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސައިން ޝަމީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެފްޕީއޭއަށް ދެއްވި އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ.

“…މި ކަމުގައި ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ޕޮލިސީ އެއް،” އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންމެ ތިން އަންހެނުން ކުރެ އެކަކަކީ ކޮންމެ ވެސް ގޮތަކުން ޖިސްމާނީ، ޖިންސީ، ނުވަތަ ނަފްސާނީ އަނިޔާ ތަހައްމަލު ކުރަމުންދާ ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ގިނަ ކަމަށެވެ.

“މި އަހަރު މިހާތަނަށް 590 ގެވެށި އަނިިޔާގެ މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، މީގެ ތެރެއިން ގިނައީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލަ. މިއީ ކަންބޮޑުވާން ޖެހޭ މިންވަރެއް،” ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް، އެ އަނިޔާ ލިބުނީ އެ މީހުން ކުރި ކަމަކުން ނުވަތަ ބުނި އެއްޗަކުން ކަމަށް މީހުން ދެކޭ ކަމަށާއި އަދި އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“މި ގޮތަށް ވިސްނުމުގެ ސަބަބުން ކުށްކުރާ މީހުން އުފުލަން ޖެހޭ ޒިންމާ ކުޑަވެގެންދާ ދިއުން މި މުޖްތަމައުއިން ފެންނަ ކަމީ އަޅުގަނޑުމެން ކަނބޮޑުވާން ޖެހޭ ކަމެއް،” ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ގެވެށި އަނިޔާ ތަހައްމަލު ކުރާ އަންހެނުންނަށް އިންސާފު ހޯދުމުގައި ވެސް ހުރަސްތަކެއް އެބަހުއްޓެވެ. އަދި އިންސާފު ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ލުއިފަސޭހަ ވާނޭ ގޮތަށް ގާނޫނީ އޮނިގަނޑު ރާވައި، އަނިޔާ އިން އަންހެނުން ރައްކާތެރި ކުރުމަށް ހެދިފައި ހުރި ގާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތަންފީޒީ މަގާމުތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑު ކުރުން މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“މިކަން ހުއްޓުވޭނީ ވަކިވަކި ފަރުދުންނާއި އާއިލާތަކުންނާ މުޅި މުޖްތަމައުން ޒިންމާ ނަގައިގެން. އަދި ސަރުކާރުގެ މުއާސަސާތަކުން މިކަމާ މެދު ހޭލުންތެރި ވެގެން،” ރައީސް ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކޮރަޕްޝަނާއި މަރުގެ ބިލާ ޕީޕީއެމް މެމްބަރުން ދެކޮޅު

ސުވާދީބު

އަގުތަކުގެ މައްސަލައިގައި ހުޅުލެ، ހުޅުމާލެއަށް ޓެކްސީ ދަތުރު ކުރުން ހުއްޓާލައިފި

ސުވާދީބު

ކޯލިޝަން އެއްބަސްވުން: އެމްޑީޕީ އަށް 35 ގޮނޑި، ތިން ޕާޓީއަށް 52 ގޮނޑި

ސުވާދީބު
Share