web analytics
ޙަބަރު

އައު އަހަރު ފާހަގަ ކުރަން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވަން ފުލުހުން ނިކުންނަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ހުއްޓުވަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އައު އަހަރާއި ދިމާކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ޚާއްސަ މަސައްކަތްތަކެއް މާދަމާ ފަށާނެ ކަމަށެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަސައްކަތްތަކަކީ އައު އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މަސައްކަތްތަކުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި މޯލްޑިވްސް ކަސްޓަމްސް ބައިވެރިވާނެއެވެ. މި އޮޕަރޭޝަނުގައި ފާރަގެމަ ބޭނުންކޮށްގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި މާލެއާއި ކައިރި ރަށްރަށުގައި މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން މަސްތުވެގެން އެކި ސަރަހައްދުތަކުގައި ޕާޓީތައް ބޭއްވުމަކީ ފަހަކަށް އައިސް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފަރެސްމާތޮޑާ ރައްޔިތުން ތިބީ އަދިވެސް އެއާޕޯޓް އެޅޭނެ ކަމުގެ އުއްމީދުގައި

ސުވާދީބު

ޖޭއެސްސީ މެމްބަރުކަމުން ސަލީމް ވަކިކޮށްފި

ސުވާދީބު

ވިޒިޓް މޯލްޑިވްސް ޖަހާފައިވާ ޖާޒީ ތައާރަފްކޮށްފި

ސުވާދީބު
Share