ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޑައިރެކްޓަރު ތްރިވިކްރަމް ސްރިނިވާސްގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަން، ތަމަޅަ ފިލްމު އިންޑަސްޓްރީގައި ވިދަމުން އަންނަ ތަރި، އައްލޫ އަރްޖުން ނިންމައިފި އެވެ.
ތަމަޅަ ޕްރޮޑަކްޝަން ހައުސެއް ކަމަށްވާ، “ހާރިކާ އެންޑް ހަސީން ކްރިއޭޝަން” އިން އެކަން ކަށަވަރުކޮށްދީ ކުރި ޓްވިޓެއްގައި ބުނީ، އައްލޫއާއެކު ތިން ވަނަ ފަހަރަށް ފިލްމެއްގެ މަސައްކަތް ކުރަން އެމީހުން ތައްޔާރުވެފައިވާ ކަމަށެވެ.
ފިލްމު ނަން މިހާތަނަށް ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ޝޫޓިންތައް މިއަހަރުގެ ކުރީކޮޅު ފަށާނެ އެވެ.
އެ ޕްރޮޑަކްޝަން ހައުސުން ނެރުނު ފިލްމު “ޖުލާއީ” އާއި “ސަތްޔަމުރްތީ” ގައި ވެސް އައްލޫ މީގެކުރިން މަސައްކަތް ކޮށްފައިވާއިރު އެދެ ފިލްމަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ބޮޑު ކާމިޔާބެއް ހޯދި ދެ ފިލްމު ވެސް މެއެވެ.
އުމުރުން 35 އަހަރުގެ އައްލޫއަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު އާމްދަނީ އެއްވެސް ލިބޭ އެއް ތަރި އެވެ. ބޮލީވުޑުގެ ތަރި ރަންވީރު ސިންގް އާއެކު އައްލޫ ބޮލީވުޑަށް ތައާރަފުވާން އުޅޭކަމަށް ވެސް މީގެކުރިން އަޑު ފެތުރިފައިވެ އެވެ. އެކަމަކު، މިހާތަނަށް އޭނާ އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
Facebook Comments