web analytics
ޙަބަރު

އައްޑޫ ސިޓީ ކައުންސިލަށް ނުލިބިގެން މިއުޅެނީ ކޮން ބާރެއްބާ؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީގެ ރައްޔިތުންނަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ރައްޔިތުންތަކެއް ދިރިއުޅެމުން ދާ ސިޓީއެކެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ފާއިތުވެގެން ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އެކި ސަރުކާރުތަކުން އައްޑޫގައި ތަރައްޤީގެ ބޮޑު މަޝްރޫޢު އެއް ހިންގާފައި ނުވުމަކީ އައްޑޫގެ ހުރިހާ ރައްޔިތުންވެސް ކުރާ ޝަކުވާއެކެވެ.
މި ޝަކުވާތަކުގެ އިތުރަށް އައްޑޫގެ ރައްޔިތުން ކުރާ އެހެން ޝަކުވާއެއް ވެސް އެބައޮތެވެ. އައްޑޫގައި ޤާއިމުކުރެވޭ ވަޞީލަތްތައް ‘ވަގުތީ ގޮތުން’ ކަމަށް ބުނެ، މައި ސަރުކާރުތަކުން މާލެ ގެންދާ ގެންދިއުމެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އައްޑޫގައި ސާކްސަމިޓަށް ބިނާކުރި އީސީސީ އަށް ގެނައި ގިނަ އަދަދެއްގެ ސާމާނުތައް ވެސް ވަނީ ‘ވަގުތީ ގޮތުން’ މާލެ ގެންދެވިފައެވެ. އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު މާލެ އަށް އެތަކެތި ގެންދިޔައީ ސަރުކާރުން އޭރު ބުނި ގޮތުގައި ފަހުން އައްޑޫ އަށް ފޮނުވާ ގޮތަށެވެ.
އިނގިރޭސިން އައްޑޫގައި ތިބެފައި ދިޔަ ފަހުން، ފާއިތުވެގެން ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރުކާރުން އައްޑޫ “ވީރާނާ” ކުރުމުގެ ސަޤާފަތެއް ގެންގުޅޭ ކަމަށް ގިނަ ބަޔަކު ގެންދިޔައީ އަބަދުވެސް ފާހަގަކުރަމުންނެވެ. އެ ވާހަކަތައް އަނެއްކާވެސް މިވަނީ ވަރަށް ބާރަށް ދެކެވެން ފަށާފައެވެ. މިފަހަރު، މިނިވަން50 ގެ ހަރަކާތްތަކަށް އައްޑޫ ސިޓީގެ އީސީސީގައި ހުރި ގޮނޑިތައް މާލެ ގެންދިޔަ ގޮތަށް ވީ ނުވީއެއްވެސް ނޭގުނެވެ..
ގޮނޑިތައް ގެންދިޔަ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިވިގެން ދިޔައީ، ދާދި ފަހުން އައްޑޫ އަށް ގެނައި 2 އިންޖީނެއް “ވަގުތީ ގޮތުން” މާލެ ގެންދަން ނިންމާފައިވާ ވާހަކައެވެ.
މި ހުރިހާ ފަހަރަކުވެސް ކަންބޮޑުވެ ސޯޝަލް މީޑީޔާގައި އާއި ސައިހޮޓަލްތަކުގައި ދެކޮޅު ހަދައި ވާހަކަދައްކަނީ އާންމު ރައްޔިތުންނެވެ. އައްޑޫ ސިޓީގެ ރައްޔިތުން އެމީހުންގެ ޙައްޤުގައި މަސައްކަތްކުރުމަށް ހޮވި ކައުންސިލަރުންގެ ފަރާތުން ކަންބޮޑުވުމެއްވެސް އކަން ކުއްވެރިކުރަން ބަޔާނެއްހާ މިންވަރު ވެސ ކޮއް ނުލެވުނެވެ..
ފެނަކަ ކޯޕަރޭޝަނުގެ ބިމުން ކުލި ނަގާނެ ކަމަށާއި ފެނަކަ ނޫން ބަޔަކަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ދިނުން ހުޅުވާލާނެ ކަމަށް ވިދާޅުވިޔަސް ކައުންސިލްގެ ނިޔަތް އެހާ ސާފު ނޫންކަން މިވަނީ ހާމަވެގެން ގޮސްފައެވެ. ފެނަކަ އާއި ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހު ޖެހިގެން އައި ދުވަހު ކައުންސިލުން ކައުންސިލްގެ ފިނި ކޮޓަރި ތަކުގައި ތިއްބަވައިގެން ހިނިފުޅުވަޑުވައި ‘އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި’ ސޮއި ކުރަނީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ނޫން ބާއެވެ؟
އެހެރަ ގެންދަނީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގެނައި 2 އިންޖީނެވެ. ކައުންސިލްގެ ބޭފުޅަކަށް އެކަމާއި ގުޅިގެން މުޒާހަރާއަކަށް ރައްޔިތުން ގޮވައިގެން ނިކުންނަވާކަށް ކެރިވަޑައެއް ނުގަންނަވައެވެ.ޗހުއްޓީއެއް ލިބޭއިރު ލަންކާއަށް އައިސް އޮޓޯ ޑްރައިވަރުންނާއި އެއްކޮއް ސެލްފީ ނަގާފަ ގޮސް މިތިބެނީ ފިނި ކޮޓަރީގައެވެ ކައުންސިލަރުން ވިދާޅުވާ ގޮތުން ނަމަ އެމީހުންގެ އަމިއްލަ ޚަރަދުގައި ޓިކެޓް ނަންގަވައިގެން ވެސް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް މުޒަހަރާ ކުރަން މާލެ އެބަދެވެއެވެ.
ރައްޔިތުން ތިބޭފުޅުން ތި މަޤާމްތަކަށް ހޮއްވަވާފައި ތިބީ، ތިބޭފުޅުންގެ ކިބައިގައި މުޒާހަރާ ކުރުމުގެ ހުނަރު ހުރިކަން ވެސް އެނގިގެންނެވެ. އެހެން ކަމުން ރައްޔިތުންގެ ޙައްޤުގައި ނިކުންނަން ޖެހިލުންވާންވީ ކީއްވެގެން ހެއްޔެވެ ؟ ސަރުކާރު ދެކެ ޖެހިލުންނުވާ ކަމަށް ވެސް ވިދާޅުވަނީ ތިބޭފުޅުންނެވެ. އެއީ އައްޑޫ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ވެގެން ނޫންބާ؟ އެހެން ނޫން ނަމަ ރައްޔިތުންނާއި ގުޅުން ހުރި މައްސަލަ ތަކުގައި ވަރިހަމަ ވެގެން ތިޔަ ތިއްބަވަނީ ކީއްވެގެން ތޯއެވެ ؟

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މި ގައުމުގައި ކަމެއް އިސްލާހު ކުރަން އުޅުނަސް ސަލާމަތެއް ނެތެވެ !

ސުވާދީބު

މަޖިލިސް މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ތާއީދު: ޝައިނީ

ސުވާދީބު

ޓްރާންސްޕޯޓްގެ ރަފީއުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ސުވާދީބު
Share