web analytics
ޙަބަރު

އަފްރާޝީމް، ރިލްވާން އަދި ޔާމީންގެ މައްސަލާގައި ގުޅުން އެބަހުރި: ސުއޫދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމާއި ބްލޮގާ ޔާމީން ރަޝީދު މަރާލި ހާދިސާ ވަނީ ގުޅިފައި ކަމަށް، މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި “މިހާރު”ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ އެ ތިން މައްސަލައިގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.

“އެއް ޕެޓާނަކަށް، އެކަތި އަނެކައްޗާ ގުޅުން ހުރި ކަމަށް އަޅުގަނޑުމެން މި ބަލަނީ. ތިން މައްސަލަ ވެސް ގުޅިފައި އޮތް ކަމަށް،” އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު އޭނާއާ ސުވާލުކުރާނެތޯ ނޫސްވެރިއަކު އެހުމުން ސުއޫދު ލ ވިދާޅުވީ ސުވާލު ކުރަން ޖެހިއްޖެއްޔާ އަދީބާ ވެސް ސުވާލުކުރާނެ ކަމަށެވެ.

ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ މިހާރު ބައެއް މައްސަލަތަކުގައި ކަންހިނގި ގޮތުގެ ތަސައްވުރެއް ކޮށްލެެވޭ ވަރަށް މައުލޫމާތު އެއްކުރެވިފައިވާ ކަަމަށެވެ. އެގޮތުން ފަސް މައްސަލައެއްގައި ކުރިއެރުން ލިބިފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމާއި ރިލުވާން އަދި ޔާމީން ރަޝީދުގެ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ރިލުވާނާއި އަފްރާޝީމްއާ އަދި ޔާމީން ރަޝީދުގެ މައްސަލައިގައި މިދެންނެވީ އަޅުގަނޑުމެންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް އެއްކުރެވިއްޖެ. އަޅުގަނޑުމެންނަށް ވަރަށް ގިނަ މީހުންތަކެއް ހާޒިރު ކުރެވިއްޖެ. ބަޔާންތަކެއް ނެގިއްޖެ. އެހެންވީމާ އެ ބަޔާންތަކުގެ އަލީގައި އަޅުގަނޑުމެންނަށް މުޅި މައްސަލައިގެ އޯވަރޯލް ވެފައި އޮތް ގޮތް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ވަރުގެ މައުލޫމާތުތަކެއް ލިބިއްޖެ،” ސުއޫދު ވިދާޅުވި އެވެ.

ސުއޫސު ވިދާޅުވި ގޮތުގައި ފުލުސް އޮފީހުން ވަނީ އެ ތިން މައްސަލައިގައި ލިބިފައި ހުރި މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްފަ އެެވެ. ނަމަވެސް އެ ތިން މައްސަލައިގެ ތެރެއިން ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ވަކި މުއްދަތަކަށް ހުއްޓައިލި ކަމުގެ މައުލޫމާތު ވެސް ފުލުހުން ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 2013 ވަނަ އަހަރު ވެރިކަން ބަދަލުވި ހިސާބުން އެ ތަހުގީގު ހުއްޓުނުކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް ސުއޫދު ވިދާޅުވި އެވެ.

” ދެހާސް ބާރައިގައި އެހާދިސާ ހިނގުމަށް ފަހު 2013 ގައި ވެރިކަން ބަދަލުވީ، 2013ގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައިން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އޮތީ ހުއްޓިފައި،” އޭނާ ވިދާޅުވި އެވެ.

ފުލުހުންނާ ހަވާލާދެއްވައި ސުއޫދު ވިދާޅުވީ އެ މައްސަލަ ދެން ބަލަން ފެށީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު އެ މައްސަލަ އަލުން ތަހުގީގު ކުރަން ފެށީ އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެންނެވެ.

“ދެން އަނެއްކާވެސް އެނގިވަޑައިގަންނަވާނެ މިއަހަރުގެ ނޮވެމްބަރުމަހުގެ ހަތަރު ވަނަ ދުވަހު އަނެއްކާ އާ ތަހުގީގު ކޮޮމިޓީއެއް އެކުލަވާލައިގެން ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ އަނެއްކާ އިތުރު މަސައްކަތްްތައް ކުރައްވާފައި އެބަހުރި،”

އޭނާ ވިދާޅުވި ގޮތުގައި އެ ތިން މައްސަލައިގެ ތެރެއިން ޑރ. އަފްރާޝީމްގެ މައްސަލައިގެ ތަހުގީގުގެ އަމާޒު އެކި ފަހަރު މަތިން ބަދަލުވެފައިވާ އިރު 2015 ވަނަ އަހަރުގެ ފަހުކޮޅު ކުރި ތަހުގީގުން އާ މައުލޫމާތުތަކެއް ވަނީ ލިބިފަ އެވެ. އަދި އެ މައުލޫމާތުތައް ވެސް ފުލުހުން މިހާރު ވަނީ ކޮމިޝަނާ ހިއްސާކޮށްފަ އެވެ.

ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައި ވަނީ 24 މައްސަލައެއް ކަމަށާއި އެ މައްސަލަތައް ބެލުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ސުއޫދު މިއަދު ވިދާޅުވި އެވެ.

ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހެއްގެ މައްސަލަ ވެސް ހިމެނެ އެވެ. އަދި ޖަލުގައި މަރުވެފައިވާ ބައެއް މީހުންނާއި މާރާމާރީތަކުގައި މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ނޮވެމްބަރު 25 ގައި ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ވަރަށް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ. އަދި ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް މައްސަލަތައް ބެލެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. “އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އޭޕްރީލް މަހު ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެ،” ސުއޫދު ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 9:00ން 1:00 ކަމަށް ހަމަޖައްސައިފި

ސުވާދީބު

ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: ހެލްތު މިނިސްޓްރީ

ސުވާދީބު

ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖާ އަދިވެސް ނުފެނޭ

ސުވާދީބު
Share