ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަކުނުދޫ ދާއިރާގެ ޓިކެޓް، އަދާލަތު ޕާޓީ އިން ދީނީ ޢިލްމުވެރިޔާ އަނާރާ ނައީމް އަށް ދީފިއެވެ.
މިހާރުވެސް މަކުނުދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އަނާރާ އަށް މަޖިލިސް ޓިކެޓް ދިނުމަށް އަދާލަތުން ނިންމާފައި ވަނީ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 2 ވަނަ ދައުރުގެ 146 ވަނަ ބައްދަލުވުމުގަ އެވެ. މިއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީއަކުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ދިން ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މުޝީރަކަށް، މުހައްމަދު ޒަކީ (މ. އަހްމަދީ އާބާދު، މާލެ) ވެސް ވަނީ އައްޔަންކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
Facebook Comments