web analytics
ކުއްލި ޙަބަރު

އަދާލަތު ޕާޓީ އިން ވާދަކުރާ 13 ދާއިރާ އިއުލާންކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީ އިން ވާދަކުރާ 13 ދާއިރާ އިއުލާންކޮށްފި އެވެ.

އަދާލަތު ޕާޓީން ވާދަކުރަން ނިންމާފައިވާ 13 ދާއިރާއަކީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ، މާފަންނު ދެކުނު ދާއިރާ އެވެ.

ކޯލިޝަންގެ ލީޑަރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓެވެ.

އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.

ނަމަވެސް އެމްޑީޕީ އިން ރޭ ވަނީ މަޖިލިސް އިންތިޚާބުގައި ގޮނޑިތައް ބަހާނެ ގޮތުގެ އެއްބަސްވުމެއް ނެތް ކަމަށް ބުނެ މަޖިލީހުގެ 87 ދާއިރާ އަކަށް ވާދަކުރަން ނިންމާފައެވެ.

އެމްޑީޕީގެ ނިންމުމުގެ ސަބަބުން ކޯލިޝަންގެ ކުރިމަގާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލިހުގެ އިންތިޚާބުގައި 87 ގޮނޑިއަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ދެންމެ ފާސްކޮއްފި ކުއްލި ޙަބަރު

ސުވާދީބު

ޝިދާތާ މަގާމުން ވަކިކުރަން އެމްޑީޕީން ނިންމައިފި

ސުވާދީބު

ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ

ސުވާދީބު
Share