web analytics
ޙަބަރު

އަލަށް އުފައްދާ ޕާޓީއަށް ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ކުރެވިދާނެތަ؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު މިވަނީ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާވައެވެ. އެއީ ޕީޕީއެމްގެ މައްސަލަ ނިމޭނީ ޔާމީނާއި ދެކޮޅަށްކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައި ވާތީއެވެ. ޕީޕީއެމް މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު ޔާމީން ވިދާޅުވާ ގޮތުން “އެހެން އޮޑިއަކަށް” އެމަނިކުފާނު އަރައިވަޑައިގަންނަވާއިރު ސުވާލަކީ އެއޮޑީގައި ރަނގަޅު މަންޒިލަކާއި ހަމައަށް ދަތުރު ކުރެވިދާނެ ހެއްޔެވެ؟

ޔާމިން އަލަށް އުފައްދަވާ ޕާޓީގެ މުއައްސިސަކަށް މިވެވަޑައިގެންވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. މާނައަކީ އަލަށް އުފައްދާ ޕާޓީގެ އިސް ސަފުން ފެންނާނީ “ޕީއޭގެ ޓީމެވެ.” ނުވަތަ މިހާރު ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެއީ ރަނގަޅު ފާލެއް ނޫނެވެ. ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން ވަނީ ސިޔާސީ ގޮތުން ފެއިލް ވެފައެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރައްޔިތުންގެ ތާއީދެއް މާބޮޑަށް އޮތް ބޭފުޅުންނެއް ނޫނެވެ.
އަދުރޭ އަށް އެކަނި ބަލާލި ނަމަވެސް އެކަމުގެ ހެކި ފެންނާނެއެވެ. އަދުރޭ ނިސްބަތްވާ ފޮނަދޫ ދާއިރާގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ނިމިގެން މިދިޔަ ފަސް އަހަރަކީ “އަދުރޭގެ ވެރިކަމެއް” ކުރި ފަސް އަހަރެވެ. އަދުރޭ ބޭނުން ކޮންމެ ކަމެއް ބޭނުން ގޮތަކަށް ކުރިއެވެ. ލ.އަތޮޅުގެ އެހެން ރަށްތަކާއި ހިލާފަށް ފޮނަދޫގައި ސަރުކާރުން ހިންގި އެތައް މަޝްރޫޢުއަކާއި އަދުރޭ ބޭނުންވި މީހުންނަށް ޒިންމާއެއް ނެތި ވެސް އެތައް ވަޒީފާއެއް ދީފައިވުމުން އެއީ އަދުރޭގެ ވެރިކަމެކޭ ނުބުނެވެންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ.
ނަމަވެސް އަދުރޭ ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ފޮނަދޫ ރައްޔިތުން ވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އަދުރޭއަށް އިތުރު ދައުރެއް ދީފާނެ ކަމާއި މެދު މިއޮތީ ސުވާލު އުފެދިފައެވެ. މިވަރުގެ ބޭފުޅަކު އިސް ސަފަށް ނެރެގެން ޔާމީން ޕާޓީ އުފައްދަން އުޅުމަކީ ފުރަތަމަ މައްސަލައެވެ.
ޔާމީންގެ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބިގެން ދިޔައީ ޒުވާނުންނަށެވެ. ލައްކައެއްހައި ވަޒީފާ އުފެއްދެވިކަމަށް ޔާމީނުގެ ސަރުކާރުން އެއިރު ދިޔައީ ވިދާޅުވަމުންނެވެ. ޒުވާނުންގެ ސިޓީއެއް ތަރައްޤީ ކުރުމުގެ ގިނަ މަސައްކަތްތަކެއް އޮތީ ފެށިފައެވެ. ޔާމީންގެ ކޮންމެ ވާހަކަފުޅެއްގައި އެމަނިކުފާނު ޒުވާނުންނާއި މެދު ކުރައްވާ އުއްމީދުތަކުގެ ވާހަކަ ދައްކަވައެވެ.
ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ އެންމެ ކުރީ ސަފުން އެކަށީގެންވާ ގޮތެއްގައި ޒުވާނުންގެ ދައުރެއް ނުފެނުނެވެ. ޒުވާނުންގެ ގާތައް ކެމްޕޭން ވައުދުތައް ގެންދިއުމުގައި ޕީޕީއެމް ފެއިލްވި އެއް ސަބަބަކީ ކެމްޕޭންގެ އެންމެ ކުރީ ސަފުން ޒުވާނުންނަށް ޖާގަ ނުދިނުމެވެ.
މިއަދު ޔާމީން އާޕާޓީއެއް އުފައްދާއިރު ގަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ ޒުވާނުންގެ އެކަށީގެންވާ ބައިވެރިވުމެއް ނެތި އެޕާޓީއަކަށް ވެސް ސިޔާސީ މައިދާނުގައި ހޯދޭނެ މާބޮޑު ކާމިޔާބެއް ނޯންނާނެ ކަމެވެ. ނަމަވެސް ޕާޓީ އުފެއްދުމުގައި ޒުވާނުންގެ ދައުރެއް އޮތް މަންޒަރެއް ނުފެނުނެވެ. މިފެންނަނީ އުމުރުން ދެބައިވެ ޒުވާންކަމަށް ވުރެ މުސްކުޅި އުމުރާއި ގާތް ބޭފުޅުންތަކެއް ކުރިއަށް ނެރުނު މަންޒަރެވެ. މިއީ ވެސް ގޯހެކެވެ.
ރިޔާސީ އިންތިޚާބު ޔާމީނަށް ނާކާމިޔާބުވި އެއް ސަބަބަކީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެވެ. މިއަދު ޔާމީންގެ ސިޔާސީ ހަޔާތްޕުޅަށް ވެސް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެވެ. އެތުހުމަތުތަކުން ސަލާމަތްވުމަށްޓަކައި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ކޮރަޕްޓް ބޭފުޅުން ދުރުކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ރަތްލާޖެހި ކޮރަޕްޓް ބަޔަކާއި އެކު ތުހުމަތުތަކުން ބަރީއަވެ އަލުން ސިޔާސީ މަތިފަޑިއަށް އެރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ.
އާސިޔާސީ ޕާޓީއެއް އުފެއްދި ނަމަވެސް އެޕާޓީ އާއި އެކު ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ކުރެވެން އޮތީ ކޮރަޕްޓް ވެފައި ތިބި މީހުން ދުރުކޮށް ޒުވާނުންނަށް ޖާގަ ދީގެންނެވެ. ރައްޔިތުންގެ އިހްސާސްތައް އެނގޭ، އަމިއްލަ އެދުމެއްނެތް ސާފު ބޭފުޅުންތަކެއް ކުރިއަށް ނެރެގެންނެވެ. ޒުވާނުންނަށް އިސްކަން ދެއްވާ ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުން އަމަލީ ގޮތުން ސާބިތު ކޮށްދީގެންނެވެ. ފެއިލް ވެފައި ތިބި ބޭފުޅުން ދޫކޮށްލުމަށް ފަހު އާޓީމެއް ނަންގަވައިގެންނެވެ. އެހެން ނޫންނަމަ ޕީޕީއެމް އިން ހޯދިވަރުގެ ސިޔާސީ ކާމިޔާބީތަކެއް ހާސިލް ކުރަން ނިއަތްވެސް ނުގަންނާށެވެ. އެކަމެއް ނުވާނެއެވެ.
ސިޔާސީ މައިދާނުގައި ޔާމީން ފާއިތުވި ސާޅީހަކަށް އަހަރު ހޯދި ތަޖުރިބާގެ އަލީގައި އެމަނިކުފާނަށް ނިންމިފައި ހުރި ގޯސް “ސިޔާސީ ނިންމުންތައް” ފެއިލްވި ސަބަބު އެމަނިކުފާނު އަމިއްލަފުޅަށް ހޯދަން އެބަޖެހެއެވެ. އެނިންމުންތަކުގެ ސަބަބުން ނިކުތް ނަތީޖާ އިން އިބުރަތް ލިބިގަނެ އެގޯސްތައް ދެން ތަކުރާރު ނުވާނެ ގޮތައް ކަންތައްތައް ރާވަން އެބަޖެހެއެވެ. ކާމިޔާބު އޮތީ އޭރުންނެވެ.. ވަކިން ޙާއްސަކޮއް ރައްޔިތުންގެ ކިބައިން މާފައްވެސް އެދެން ޖެހެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕާޓީ ނިޒާމް ގެނައީ ރީތި އެއްޗަކަށް ވާތީކީއެއް ނޫން – ނަޝީދު

ސުވާދީބު

އެމްޑީޕީން ކުރިމަތިލާ ދާއިރާތައް ކަނޑައަޅަން މިރޭ ގައުމީ މަޖިލީހުގެ ޖަލްސާއެއް

ސުވާދީބު

ރައްޔިތުންގެ މަޖިލީހުގެ ވަށާ ފާރު އުސްކުރަނީ

ސުވާދީބު
Share