ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އަލެކްސް ފަދައިން ފިލައިތިބެ ވަގު އައިޑީތަކުގައި އިސްލާމް ދީނަށާއި ޢިލްމުވެރިންނާއި ދެކޮޅަށް ބަސްބުނާ މީހުންނަށް ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ދީނަށާއި ޢިލްމުވެރިންނާއި ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ޔަޤީނުންވެސް ދީނަށާއި ޤައުމަށް ވަފާތެރި އިޚްލާސްތެރި މުސްލިމް މުވާތިނަކު ކުރާނެ ކަމެއް ނޫންކަމަށެވެ. އަދި މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށި ކަމެއްނޫން ކަމަށާއި އަހަރެމެން (ޢިލްމްވެރިން) ބައަކާ ދެކޮޅުވެރި ވާނީވެސް އަދި އެކުވެރި ވާނީވެސް ހައްޤުގެ ދިފާއުގައި ކަމަށެވެ.
Dhēnashai, ilmuverinnā dhekolhah, vagu ID gai basbunumukē yagēnunves dhēnashai gaumah vafātheri ikhlāsthei muslimu muvathinaku kurānekameh noon.
Munkaraiythakā dhekolhu hedhumakē harukashikameh noon. Aharemen bayakaa ekuveri vānēves dhekolhu veri vānē ves haqquge dhifaaugai.
Facebook Comments